ads
އޭޖީ އިބްރާހީމް ރިފްއަތު
މަޖިލީހުގެ ލަފާ ހޯދަން ޖެހެނީ ރާއްޖޭގެ ސަރަހައްދަށް ބަދަލު އަންނަނަމަ: އޭޖީ
ހިޔާލު ތަފާތުވެފައިވާ ރާއްޖެއާއި ޗާގޯސް އާ ދެމެދު، ކަނޑުގެ ސަރަހައްދު ބެހުމުގެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ލަފައެއް ބޭނުންވާނީ ރާއްޖޭގެ ސަރަހައްދަށް ބަދަލު އަންނަ ނަމަ ކަމަށް ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތު ވިދާޅުވެއްޖެއެވެ.

މިމައްސަލައިގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް އޮފް ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) ގައި ދައުލަތުން ވަކާލާތު ކޮށްފައިވަނީ ރާއްޖެއަށް އެންމެ ފައިދާ ހުރި ގޮތަށް ނޫންކަމަށްބުނެ އިދިކޮޅު ފަރާތްތަކުން އެޓާނީ ޖެނެރައްލެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދަށް ތާވަލު ކޮށްފައިވާއިރު ރިފްއަތު މަޖިލީހަށް ޖަވާބު ދެއްވާފައިވަނީ ލިއުމުންނެވެ.

ކަނޑުގެ އިން ވަކި ކުރަން ޖެހެނީ މަޖިލީހުގެ ބަހެއް އޮވެގެންކަމަށް އިދިކޮޅު ފަރާތްތަކުން ކުރަމުންދާ ވަކާލާތަށް ޖަވާބު ދެއްވަމުން ރިފްއަތު ވިދާޅުވީ ރާއްޖޭގެ ސަރަހައްދަކީ ބޭސްލައިންތަކުން ފެށިގެން 12 ނޯޓިކަލް މޭލާ ހަމައަށް ކަމަށާއި، އެހެންކަމުން މަޖިލީހުން ގާނޫނެއް ހަދަން ޖެހެނީ އެސަރަހައްދަށް ބަދަލު އަންނަ ކަމަށް ވާނަމަ ކަމަށެވެ.

ލިއުމުން ދެއްވި ޖަވާބުގައި ، ރާއްޖޭގެ ސަރަހައްދާއި ރާއްޖޭގެ އިގްތިސާދީ ސަރަހައްދަކީ ކޮބައިކަން ރިފްއަތު ވަނީ ފާހަގަ ކޮށްދެއްވާފައެވެ.

އިދިކޮޅު ފަރާތްތަކުން ބުނަމުން ގެންދަނީ މިމައްސަލާގައި މަޖިލީހުގެ ބަހެއްނެތި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ދޫކޮށްލާފައިވާ ކަމަށެވެ.

37 ނުކުތާއެއްގެ މައްޗަށް އެކުލެވޭ ލިއުމުގައި ރިއްފަތު ވިދާޅުވީ ރާއްޖޭގެ ކަނޑުތަކާ ބެހޭ ގާނޫނުގެ 6 ވަނަ މާއްދާގައިވާ ގޮތުން، އާކިޕެލަޖިކް ބޭސްލައިނުން ފެށިގެން 200 ނޯޓިކަލް މޭލުގެ ފުޅާ ކަނޑުގެ ސަރަހައްދުގެ ކަނޑާއި ކަނޑުގެ އަޑީގައިވާ ފަސްގަނޑަކީ ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދު ކަމަށެވެ.

"ނަމަވެސް، [ކަނޑުތަކާ ބެހޭ ގާނޫނުގެ] އެ މައްދާގައި ބުނެފައިވާ ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދު ކަނޑައެޅުމުގައި އެހެން ގައުމެއްގެ ހާއްސަ އިގްތިސާދީ ސަރަހައްދާ ފުށުއަރާ ނަމަ، ފުށުއަރާ ދިމާއަކާ ބެހޭ ގޮތުން އެ ގައުމަކާއި ދިވެހި ސަރުކާރާ ދެމެދު އެއްބަސްވެ، ސޮއިކުރެވޭ އެގްރިމަންޓެއްގެ ދަށުން ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގެ ބޭރު ކައިރި ފުށުއަރާ ހިސާބެއްގައި ކަނޑައެޅުމަށް އެ ގާނޫނު ހުރަސް ނާޅާކަން" ރިއްފަތު

އެހެންވެ އޭނާ ވިދާޅުވީ 200 ނޯޓިކަލް މޭލުގެ ސަރަހައްދު އެހެން ގައުމަކާ ފުށުއަރާނަމަ މުޅި އެސަރަހައްދު ރާއްޖެއަށް ނުލިބޭނެކަން އެމާއްދާއިން ވެސް އެނގޭ ކަމަށެވެ.

ޗާގޯސް މައްސަލައިގައި އިޓްލޮސްއިން މޭމަހުގެ 28 ވަނަ ދުވަހު ހުކުމްކޮށްފައި ވަނީ، ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުގައި ބޮޑަށް ބަލަން ޖެހޭނީ ޗާގޯސްގެ ރަށްތަކުގެ އައްސޭރި ފަށުން ފެށިގެން ކަަމަށެވެ. 

ސަރުކާރުން ބުނަނީ އެއީ ރާއްޖެއަށް ލިބުނު ކާމިޔާބީއެއް ކަމަށެވެ. އެހެންނަމަވެސް އިދިކޮޅުން ބުނަނީ ދައުލަތުން މިކަމުގައި އިހުމާލު ވެފައިވާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް