ads
ލޮނު ޒިޔާރަތް ޕާކު....
ލޮނުޒިޔާރަތް ޕާކާއި ސަލްޓަން ޕާކަށް ވަންނަ ބިދޭސީންގެ އަތުން ފީއެއް ނަގަނީ
ލޮނުޒިޔާރަތް ޕާކާއި ސަލްޓަން ޕާކަށް ވަންނަ ބިދޭސީންގެ އަތުން ފީއެއް ނެގުމަަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

ޕާކުތަކަށް ވަންނަ ބިދޭސީން އަތުން ފީއެއް ނަގަން މާލެ ސޓީ ކައުންސިލުން ނިންމާފައިވަނީ އެ ކައުންސިލްގެ އާންމު ޖަލްސާގައެވެ. އެ ޖަލްސާގައި ފީއެއްދީގެން ޕާކުތަކަށް ބިދޭސީންނަށް ވަދެވޭނެ ގޮތަށް، ހެދުމަށް ހުށައަޅާފައިވަނީ އެ ކައުންސިލްގެ މެމްބަރަކެވެ.

އެކަމާއި ގުޅޭ ގޮތުން މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ބިދޭސީންގެ އަތުން ފީ ނަގާ ކަމުގައިވާނަމަ ނަގާނީ މެމްބަރުންގެ މެދުގައި މަޝްވަރާ ކުރުމަށްފަހުގަ ކަމަށާއި، އެއީ  ތަފާތުކުރުމެއް ކަމަށް ނުބެލެވޭނެ ކަމަށެވެ. އަދި އެއީ ހަމަ ނޯމަލް ޕްރެކްޓިސްއެއް ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

މިއަދު މާލެސީޓީ ކައުންސިލްގެ ޖަލްސާގައި މެމްބަރުންގެ މެދުގައި ގިނަ މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައިވާއިރު، އާންމުކޮށް ހުރިހާ މެމްބަރުންވެސް ދައްކާފައިވަނީ މާލެ ގޭބިސީތަކުގައި އުޅުއްވާ ފަރާތްތައް ޕާކުތައް ބޭނުން ކުރުމަގައި ހުރި އުނދަގޫތަކުގެ ވާކައެވެ. 

އެކަމަށްއޮތް އެންމެ ބޮޑު ހައްލަކީ ބިދޭސީން ޕާކުތަކަށް ވަންނަން ބޭނުންވާ ކަމަށްވާނަމަ ފީއެއް ދެއްކުމަށްފަހު ވަނުންކަމަށްވެސް މެމްބަރުންގެ މެދުގައިވަނީ މަޝްވަރާ ކުރެވިފައެވެ.

އަދި އެ ކައުންސިލްގެ، ކައުންސިލް މެމްބަރު ޒަމީރު ވިދާޅުވީ ލަންކާ އާއި އިންޑިޔާގެ ޕާކަށް ދިވެހިން ވަންނަންޖެހެނީ ޗާޖެއް ނަގައިގެން ކަމަށެވެ. އެހެންކަމުން ބިދޭސީންނަށް ޕާކުތަކަށް ވަދެވޭނެ ވަކި ގަޑިތަކެއް ކަނޑައެޅުން މުހިންމު ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް