ads
ދުނިޔެ ވަށާ އިތުރު ހަނދެއް އެނބުރޭ މަންޒަރު
ދުނިޔެ ވަށާ އެނބުރޭ "ފޭކު" ހަނދެއް ހޯދައިފި
ދުނިޔެ ވަށައިގެން އެނބުރާ އިތުރު ހަނދަކާ ގުޅޭ އާ ހޯދުންތަކެއް ސައިންސުވެރިން ހޯދައިފިއެވެ.

"ވަގުތީ ސެޓެލައިޓްގެ ނަމުން" އަދި "ފޭކް މޫން" ނަމުން ވެސް ނަންދެވިފައިވާ "ކުއާޒީ ހަނދު" އަކީ އެކި އިރު އެކި ޕްލެނެޓުތައް ވަށައިގެން އެނބުރޭ އެއްޗެކެވެ. މިގޮތުން މިވަގުތު ވެސް ދުނިޔެ ވަށައި މިފަދަ ހަނދެއް އެބުރޭކަން ވަނީ ސައިންސުވެރިންގެ ސަމާލުކަމަށް އައިސްފައެެވެ.

ނަމަވެސް ދުނިޔެއާ ގްރެވިޓޭޝަނަލް ގޮތުން ގުޅިފައި ނުވާތީ، އެހެން ޕްލެނެޓްތަކުގެ ގްރެވިޓީގެ ސަބަބުން އޭގެ ދައުރު ކޮންމެވެސް ދުވަހަކުން ބަދަލުވުން ވެސް އެކަށީގެންވެއެވެ. 

ދުނިޔޭގައި މަދުވެގެން ފަސް ކުއާޒީ ހަނދު އެނގޭއިރު، އޭގެ ތެރެއިން އެންމެ މަޝްހޫރު ހަނދަކީ 2006 ވަނަ އަހަރުގެ އާރްއެޗް120 އެވެ.

ދުނިޔޭގެ ވަށައިގެން މި ހަނދު ދައުރުވަމުން ދާތާ، ކުރިން ހީވެފައި އޮތީ 10 ވަރަކަށް އަހަރު ވެދާނެ ކަމަށެވެ. ނަމަވެސް، އެ ހަނދު ދުނިޔެ ކައިރީގައި އެނބުރޭތާ އެތައް ހާސް އަހަރެއް ވެއްޖެކަމަށް ދާދިފަހުން ސައިންސުވެރިން ވަނީ ބުނެފައެވެ. އަދި އެ ހަދުން ސާންޕަލް ނެގުމަށް ވެސް ވަނީ ތައްޔާރުވެފައެވެ. 

އެއީ ގާތްގަނޑަކަށް ކާރެއްގެ ސައިޒުގެ ހަނދެއް ކަމަށް ބެލެވޭއިރު، މިއީ ހިލައާއި އައިސް އިން އުފެދިފައިވާ ހަނދެކެވެ.

އެންމެ ފަހުން ގިނަ ކުއާޒީ ހަނދުތައް ޕްލެނެޓްތަކުގެ ގްރެވިޓީން ސަލާމަތްވެ އިރުގެ ނިޒާމު ސޯލާ ސިސްޓަމް އިން ބޭރުވެއެވެ.

މިގޮތަށް ބޭރުވާއިރު ދުނިޔޭގެ ސައިންސުވެރިންގެ ބައެއް އެކުއިޕުމަންޓުތައް މިފަދަ ހަނދުތަކުގައި ތަތްކޮށް މި ކައުނާ ގުޅޭ އިތރު ހޯދުންތަކެއް ހޯދުމަށް ވަނީ ޕްލޭން ކުރެވިފައެވެ.  

"ކުއާޒީ ހަނދު" ތަކަކީ ނިސްބަތުން މަދުން ދިމާވާ ކަމެއް ނަމަވެސް އެއީ ދުނިޔެއަށް ހާއްސަ އެއްޗެއް ނޫނެވެ. ސޯލާ ސިސްޓަމްގެ އެހެން ޕްލެނެޓްތަކެއް ކަމަށްވާ ޖުޕިޓާ އާއި ސެޓާން ފަދަ ޕްލެނެޓްތަކުގައި ވެސް ކުއާޒީ ހަނދުތައް ހުންނަކަން ސައިންސުވެރިންނަށް އެނގެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް