
އެޗްޕީއޭއިން ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލުނުކުރާ ދުވަހާ ގުޅިގެން އާއްމުކުރި މައުލޫމާތުގައި ބުނީ 13އަހަރާ 15 އަހަރާ ދެމެދުގެ 45.7 އިންސައްތަ ކުދިން ދުންފަތުގެ އެކި ބާވަތްތައް ބޭނުންކުރާ ކަމަށެވެ.
އޭގެތެރެއިން 48 އިންސައްތައަކީ ފިރިހެން ކުދިންނެވެ އަދި 43.2 އިންސައްތަ އަކީ އަންހެން ކުދިންނެވެ.
މީގެ ހަތަރު އަހަރު ކުރިން، 2019 ގައި ހެދި ގްލޯބަލް ޔޫތު ޓޮބޭކޯ ސާވޭއިން ދައްކާ ގޮތުން އެ އުމުރުގެ 23.1 އިންސައްތަ ފިރިހެން ކުދިންނާއި 10.7 އިންސައްތަ އަންހެން ކުދިން އިލެކްޓްރޯނިކް ސިނގިރޭޓް ބޭނުންކުރެއެވެ.
އެ ދިރާސާއިން ދައްކާ ގޮތުގައި ރާއްޖޭގެ އާބާދީގެ 25.7 އިންސައްތަ މީހުން ދުންފަތުގެ އިސްތިއުމާލުކުރެ އެވެ. ދުންފަތުގެ އިސްތިއުމާލުކުރާ 35.6 އިންސައްތަ އަކީ ފިރިހެނުންނެވެ. އަދި އަންހެނުންގެ އަދަދު ހުރީ 7.6އިންސައްތައިގައެވެ.
ޝީޝާ ބޭނުންކުރާ ކަމަށް ބުނާ 3.1 އިންސައްތަ ކުދިން ފާހަގަ ކުރެވިފައިވާއިރު، އޭގެ ތެރެއިން 14.9 އިންސައްތަ ކުދިން އަލަށް ޝީޝާ ބޮއެފައިވަނީ 10 އަހަރުގަ އެވެ.