ads
ޑަތުކިލޭ ދަރްޝަން ވިޖޭ
ޑްރަގު ބޯޓުން ދޫކޮށްލި މީހާގެ މައްސަލަ ހައިކޯޓުން ބަލައިނުގަތް
ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރި ކަމަށް ބެލެވޭ ބޭރުގެ ބޯޓަކުން ހައްޔަރުކުރި މީހުންގެ ތެރެއިން ދޫކޮށްލި މީހާގެ މައްސަލަ ބަލައިނުގަނެވޭނެ ކަމަށް ހައިކޯޓުން ކަނޑައަޅައިފިއެވެ.
Advertisement

މާޗު މަހު، ހަތް ކިލޯގެ މަސްތުވާތަކެއްޗާއެކު ފެނުނު ބޯޓަކީ، މުތާ ޑައިމަންޑް ކިޔާ ބޯޓެކެވެ. މި ބޯޓުގެ 10 ފަޅުވެރިން ހައްޔަރު ކުރިއިރު އޭގެ ތެރޭގައި ހިމެނެނީ އިންޑިޔާ މީހުންނާއި އިންޑޮނީޝިއާ މީހުންނެވެ.

10 މީހުންގެ ތެރެއިން ކޯޓުން ދޫކޮށްލީ، ޑަތުކިލޭ ދަރްޝަން ވިޖޭ ނަމަކަށް ކިޔާ އިންޑިޔާ މީހެކެވެ. އޭނާ ދޫކޮށްލީ، ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒު ރަޝީދުއެވެ. 

އެ މައްސަލަ ދައުލަތުން ހައިކޯޓަށް ހުށަހެޅުމުން ހައިކޯޓުގެ ރަޖިސްޓްރާ މަރިޔަމް ހޫރުޝިދާ ނިންމެވީ އެ މައްސަލަ ހައިކޯޓަށް ބަލައި ނުގަނެވޭނެ ކަމަށެވެ.   

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރިކަމުގެ ތުހުމަތުގައި ހައްޔަރު މީހުންގެ ބަންދު އަމުރު ރިޕޯޓުން އެނގޭ ގޮތުގައި މި ކުށަކީ ގިނަ ބަޔަކު ބައިވެރިވެގެން ހިންގާފައިވާ ކުށެއް ކަމަށް މައްސަލަ ތަހުގީގު ކުރި ފަރާތްތަކަށް ފާހަގަކޮށްފައިވެ އެވެ.

ފުލުހުން ބުނި ގޮތުގައި އެމީހުން ހައްޔަރުކޮށްފައިވަނީ ދިވެހި ފުލުހުންގެ ހިދުމަތަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ މާޗް މަހުގެ 21 ވަނަ ދުވަހު ދަންވަރު ހިންގި ޖޮއިންޓް އޮޕަރޭޝަނެއްގައި މާލެ ސަރަހައްދުން ބޯޓެއް ބަލައި ފާސްކޮށް މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ ހަތް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާ އެކު އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ބޯޓު މިހާރު ވަނީ ދޫކޮށްލާފަ އެވެ. ބޯޓު ދޫކޮށްލުމާއެކު އެހެން ފަޅުވެރިންތަކަކާއެކު ބޯޓުން ފުރައިގެން ގޮސްފައިވާ ކަމަށްވެސް އެނގިފައިވެ އެވެ. މިކަމާ ގުޅޭ ގޮތުން ފުލުހުން ވާހަކަ ދައްކާފައެއް ނުވެ އެވެ.

މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވާ މީހުން

ނަސްވަން އާދިލް (30އ)

އެޑްރިއަންސަޔާ (25އ)

މުޙައްމަދު އިޤްބާލް މަކްރޫމް (30އ)

ޕްރަބާކަރަން ނަގަރާޖަން (35އ)

ރޯމަންސް ސަންތިޔާ ފެނާންޑޯ (58އ)

ގަނޭޝް ބޮމްމާލީ (22އ)

ޑަތުކިލޭ ދަރްޝަން ވިޖޭ (22އ) މިހާރު ދޫކޮށްލާފައި

ޕީޓާ ވިނީ (28އ)

ސަރަން ޕަދްމަން (28އ)

ގޯސިކް ރާޖް ޖޭމްސް ނޮކްސް (30އ)

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް