މި ފިޔަވަޅާއެކު ވަރަށް އަވަހަށް ސިންގް ހޮލީވުޑްގައި ފުރަތަމަ ފަހަރަށް ފެނިދާނެ ކަމަށް ވަނީ ބެލެވިފައެވެ.
ޑަބްލިއުއެމްއީ ތަމްސީލު ކުރަނީ ހޮލީވުޑްގެ އެންމެ ބޮޑު ބައެއް ނަންތަކުގެ ތެރޭގައި ރިހާނާ، ކީނޫ ރީވްސް، އަދި ޓޮމް ހެންކްސް ހިމެނެއެވެ. ސިންގް އަކީ ޑަބްލިއުއެމްއީ އަށް ސޮއިކުރި ފުރަތަމަ ބޮލީވުޑް އެކްޓަރެވެ.
ރަންވީރު ސިންގް އަކީ ފާއިތުވި އަހަރުތަކުގައި ބޮލީވުޑްގެ އެންމެ ކާމިޔާބު އެއް އެކްޓަރެވެ. އޭނާ ވަނީ ފިލްމު "ޕަދްމާވަތު" އިން ފެނިގެންދިޔަ އެންމެ މޮޅު އެކްޓަރުގެ ގައުމީ ފިލްމީ އެވޯޑް ފަދަ އެވޯޑްތައް ހޯދާފައެވެ.
ޑަބްލިއުއެމްއީ އަށް ރަންވީރު ސިންގް ސޮއިކުރުމަކީ ހޮލީވުޑްގައި ފުރަތަމަ ފަހަރަށް ކުޅެން ނިކުތުމުގެ އަމާޒަށް އެޅި ބޮޑު ފިޔަވަޅެކެވެ.