ads
ޕާސިވިއަރެންސް މާސްގައި---ފޮޓޯ:ނާސާ
މާސްއިން އޭލިއަނުންގެ މެސެޖެއް ފޮނުވުމުން ވާގޮތްބަލައިފި
އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް އޮކްސްފޯޑްގެ ސައިންސްވެރިންގެ ޓީމަކުން ވަނީ ކުރިއަރާފައިވާ އޭލިއަން ހަލާރަތެއްގެ މެސެޖެއް މާސް އިން ދުނިޔެއަށް ބީމް ކޮށްފިނަމަ ކިހިނެއް ވާނެތޯވާނީ ބަލަން ސިމިއުލޭޓްކޮށްފިއެވެ.
Advertisement

ކޮމްޕިއުޓާ ޕްރޮގްރާމެއް ބޭނުންކޮށްގެން އުފެއްދި މި މެސެޖަކީ ދުނިޔޭގެ ޓެލެސްކޯޕްތަކުން ފާހަގަކުރެވޭނެ ރޭޑިއޯ ރާޅުތަކުގެ ސިލްސިލާއެކެވެ. މި މެސެޖުގައި މާސްގެ ލޮކޭޝަނާއި، ތަހުޒީބުގެ އުމުރާއި، އޭގެ ޓެކްނޮލޮޖީގެ ގާބިލްކަން ހިމެނޭ ގޮތަށް ތަފާތު މައުލޫމާތުތައް ހިމެނެއެވެ.

ސައިންސްވެރިން މި މެސެޖު އުފެއްދީ އޭލިއަން ހަލޯރާތްތައް ދެނެގަނެވޭނެ ގޮތުގެ ދިރާސާއެއްގެ ތެރެއިންނެވެ. އެމީހުން ގަބޫލުކުރާ ގޮތުގައި މި މެސެޖަކީ ކުރިއަރާފައިވާ މިފަދަ ހަލޯރާތައް ދުނިޔެއަށް ފޮނުވާފާނެ ފަދަ ހަގީގީ މެސެޖެއްވެސް ހުންނާނެގޮތެވެ. 

އެ މެސެޖަކީ ފޮނުވާފައިވަނީ 10 ރާޅުގެ މައްޗަށް ބަހާލައިގެންނެވެ. ފުރަތަމަ ޕަލްސް އަކީ އެންމެ ވަރުގަދަ ރާޅު ކަމަށާއި އޭގައި މާސްގެ ލޮކޭޝަން ހިމެނެއެވެ. ދެން އަންނަ ނުވަ ޕަލްސްގައި އެ ހަލޯރާތުގެ އުމުރާއި ޓެކްނޮލޮޖީގެ ޤާބިލުކަން ފަދަ ހަލޯރާތާ ބެހޭ މައުލޫމާތު ހިމެނެއެވެ.

މި މެސެޖަކީ ދުނިޔޭގެ ޓެލެސްކޯޕްތަކުން ފަސޭހައިން ދެނެގަނެވޭ ގޮތަށް ފަރުމާކޮށްފައިވާ މެސެޖެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް