ads
ޓީޗަރެއް
ޓީޗަރެއްގެ ތިން އަހަރު ދުވަހުގެ މުސާރަ އަނބުރާ ސްކޫލަށް ދޭން އަންގައިފި
އިންޑިއާގެ ނޮއިޑާގެ ސްޓޭޓުގެ ޓީޗަރަކު ވޭތުވެދިޔަ ތިން އަހަރުގެ މުސާރަ އަނބުރާ ދިނުމަށް އަންގައިފިއެވެ.

އޭނާގެ މުސާރަ އަނބުރާ ދިނުމަށް އަންގާފައިވަނީ ވަގު ސެޓުފިކެޓު ބޭނުންކޮށްގެ ވަޒީފާ ހޯދާފައިވާކަން އެނގުމުންނެވެ.

ޕޫނަމް ޝަރުމާ ނަމަކަށް ކިޔާ އެ ޓީޗަރަކީ 2019 ވަނަ އަހަރު ސަރުކާރުގެ ސްކޫލާ ގުޅިފައި ވަނީ ކޮމްޕިއުޓާ ސައިންސް ޓީޗަރެއްގެ ގޮތުގައެވެ. 

އޭނާ ވަގު ސެޓުފިކެޓު ހުށަހަޅައިގެން ވަޒީފާ ހޯދިކަން އެގުމުން  އޭނާ ވަޒީފާއިން ސަސްޕެންޑްކޮށް، ފާއިތުވި ތިން އަހަރުގެ މުސާރަ އަނބުރާ ދިނުމަށް ވަނީ އަންގާފައެވެ. 

ޝަރުމާ ވަނީ އަސްލު މާކްސްޝީޓެއް ހުށަހެޅި ކަމަށް ބުނެ އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ. އަދި އެޑިއުކޭޝަން ޑިޕާޓްމަންޓުގެ ނިންމުމަށް ކޯޓުގައި ގޮންޖަހާނެ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ. 

މި މައްސަލަ ފެންމަތިވުމުން ފޭކް މާކްސް ޝީޓު ހުށަހަޅައިގެން ވަޒީފާ ހޯދާ މީހުންނާމެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް އެޑިއުކޭޝަން ޑިޕާޓްމަންޓުން ވަނީ ބުނެފައެވެ. އަދި ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި ވަޒީފާއަށް ނެގި ހުރިހާ ޓީޗަރުންގެ ތައުލީމީ ފެންވަރު މުރާޖައާ ކުރާނެ ކަމަށް ވެސް އެ ޑިޕާޓްމަންޓުން ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް