ads
ރަޝިޔާ އިން ޖާސޫސުކުރަން ގެންގުޅޭ ކަމަށް ބެލެވޭ ބޮޑު މަސް
ރަޝިޔާއިން ޖާސޫސުކުރަން ގެންގުޅޭ ބޮޑު މަހެއް ސްވެޑެން އިން ފެނިއްޖެ
ރަޝިޔާއިން ޖާސޫސޫކުރަން ގެންގުޅޭކަމަށް ބެލެވޭ ބޮޑު މަހެއް، ސްވެޑެންގެ އައްސޭރި ފަށުން ފެނިއްޖެއެވެ.

މި ބޮޑު މަސް ވަނީ 2019 ވަނަ އަހަރު ނޯވޭން ވެސް ފެނިފައެވެ. 

"ހްވަލްޑިމިރް" ގެ ނަމުން ނަންދީފައިވާ މި ވޭލް ނުވަތަ ބޮޑު މަސް އެންމެ ފުރަތަމަ ފެނިފައިވަނީ ނޯވޭގެ ދުރު އުތުރު ސަރަހައްދު ކަމަށްވާ ފިންމާކް އިންނެވެ. އެއަށްފަހު މަޑުމަޑުން ނޯވޭގެ އައްސޭރިފަށުން ތިރިއަށް ގޮސް، ފާއިތުވި މަސްތަކުގައި ކުއްލިއަކަށް ބާރު ސްޕީޑެއްގައި ގޮސް ކަނޑުގެ ދެވަނަ ބައި ކަވަރުކޮށް ސްވިޑެންއަށް ބަދަލުވި އެވެ. ހުކުރު ދުވަހު އެކަން ފެނިފައިވަނީ ސްވިޑެންގެ ހުޅަނގު ދެކުނު އައްސޭރީގައި އޮންނަ ހަންނެބޮސްޓްރަންޑް އިންނެވެ.

މި ބޮޑުމަހަކީ އަކީ ރަޝިޔާގެ ކަނޑުގެ ސިފައިން ތަމްރީނުކޮށްގެން ޖާސޫސީ މައުލޫމާތު އެއްކުރުމަށް ތަމްރީނު ދީފައިވާ މަހަކަށް ވެދާނެ ކަމަށް ވެސް ޝައްކު ކުރެވެއެވެ. 

ސްވިޑެންގައި ފަތުރުވެރިންގެ މަގުބޫލު ތަނަކަށް "ހަވާލްޑިމިރު" ވަނީ ވެފައެވެ. މަސް ބަލަން އައްސޭރިފަށަށް މީހުން އެއްވެ، އެ މަހަށް ކާންދޭ ކަމުގެ ރިޕޯޓްތައް ވެސް ވަނީ ފެތުރިފަ އެވެ. ނަމަވެސް ވަލު ޖަނަވާރުތަކަށް ކާންދިނުމަކީ ނުރައްކާތެރި ކަމެއް ކަމަށް ތަޖުރިބާކާރުން ވަނީ އިންޒާރުދީ، "ހުވަދުމިރާއި" ކައިރިނުވުމަށް އިލްތިމާސްކޮށްފަ އެވެ.

ސްވިޑެން ސަރުކާރުން ވަނީ "ހްވަލްދީމިރުގެ" ހަރަކާތްތައް މޮނިޓަރކޮށް، އެ މަސް ހިމާޔަތް ކުރަން ޖެހިއްޖެ ނަމަ އެކަން ކުރާނެކަމަށް ބުނެފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް