ads
ތިމަރަފުށީ ދާއިރާގެ މެންބަރު އަބްުދުﷲ ރިޔާޒު
ގާނޫނަކުން ކުލި ކޮންޓްރޯލެއް ނުކުރެވޭނެ: ރިޔާޒު
ގާނޫނަކުން ކުލި ކޮންޓްރޯލު ކުރިވިދާނެކަމަށް ގަބޫލު ނުކުރައްވާކަމަށް ތިމަރަފުށީ ދާއިރާގެ މެންބަރު އަބްުދުﷲ ރިޔާޒު ވިދާޅުވެއްޖެވެ.
ގާނޫނަކުން ކުލި ކޮންޓްރޯލު ކުރިވިދާނެކަމަށް ގަބޫލު ނުކުރައްވާކަމަށް ތިމަރަފުށީ ދާއިރާގެ މެންބަރު އަބްުދުﷲ ރިޔާޒު ވިދާޅުވެއްޖެވެ.

ރިޔާޒު ވިދާޅުވީ ކުލި ކޮންޓްރޯލް ކުރެވޭނީ ޑިމާންޑާއި އެއްވަރަށް ސަޕުލައި އިތުރުވި، ލޯނުގެ އިންޓަރެސްޓު ރޭޓު ވެސް ކުޑަކުރެވިގެންކަމަށެވެ.

"ބޭންކުތަކުން ނަގަންޖެހޭ ރިސްކު ކުޑަ ކުރުމަށް ދައުލަތުން ކުރަންޖެހޭ ކަންކަންވެސް ކޮށްދެވިގެން،" ރިޔާޒު ވިދާޅުވިއެވެ.

ރިޔާޒު މިހެން ވިދާޅުވިއިރު، މާލެ ފުރެން އަދި ކައިރިވެސް ނުވާ ކަމަށް ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލުވަނީ ވިދާޅުވެފައެވެ.

މަލީހު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލެ ފުރެން އަދި ކައިރިވެސް ނުވާ ކަމަށާއި މާލެ އަކީ މިހާރު ހުޅުމާލޭ ދެވަނަ ފިޔަވަހި، ވިލިމާލެ، ގުޅިމާލެ އަދި ތިލަމާލެ ކަމަށެވެ. މަލީހު ވިދާޅުވީ މާލެ ސިޓީ ވެގެންދާނީ ޝަހަރަކަށް ކަމަށެވެ.

"ހައުސިންގެ ތަފާތު ވެރައިޓި އަންނަންވީ. ޕަބްލިކް ޓްރާންސްޕޯޓު، ގްރީން އޭރިއާ، ޕާކިން، ޝޮޕިން މޯލް، ސިނަމާ އަންނަންވީ. އަދި ފުރިހަމަވާން ކައިރިވެސް ނުވޭ" މަލީހު ވިދާޅުވިއެވެ.

ކުލި ކޮންޓްރޯލް ކުރުމަށް ގޮވާލާ ޕެޓިޝަނެއް:

މާލޭ ކުލީގެ އަގު ހެޔޮކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވާ ޕެޓިޝަނުގައި 250 އަށްވުރެ ގިނަ މީހުން މިހާރު ވަނީ ސޮއިކޮށްފައެވެ.

އެ ޕެޓިޝަނުގައި ގޮވާލާފައިވަނީ ކުލި ކޮންޓްރޯލް ކުރުމަށެވެ.

މާލޭގައި ކުއްޔަށް އުޅޭ މީހުންގެ ހައްގުތައް ކަށަވަރުކުރުމަށް ހަދާފައިވާ ޔޫނިއަންގެ ފަރާތުން އިއްޔެ ހަވީރު ކާނިވާ ސަރަހައްދުގައި ވަނީ ޕެޓިޝަނުގައި ސޮއިކުރަން ފަށައިފައެވެ. ދެ ގަޑީރު ތެރޭގައި 258 މީހުން ސޮއިކޮށްފައިވާކަމަށް އެ ޔޫނިއަންގެ މުއައްސިސް ޝައިން ޔޫސުފް ވަނީ ސީއެންއެމްއަށް ވިދާޅުވިއެވެ.

"މިއީ ހިތްހަމަ ޖެހޭ އަދަދެއް ދެ ގަޑީރު ތެރޭގަ. މިއީ މިނެޓަކަށް ދެ ސޮއިގެ ރޭޓުން މީހުން ސޮއިކޮށްފަ މިހުރީ،" ޝައިން ވިދާޅުވިއެވެ.

ކުއްޔަށްއުޅޭ މީހުންގެ ޔޫނިއަންގެ ފަރާތުން މީގެ ދެވަނަ އިވެންޓެއް އަންނަ ހުކުރު ދުވަހު ވެސް ކާނިވާ ސަރަހައްދުގައި ބާއްވާނެއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް