
ބައިނަލް އަގުވާމީ ބައެއް ނޫސްތަކުގައި ޔޫރަޕަށް އަމާޒުކޮށް އިޝްތިހާރު ކުރަމުން ގެންދާގޮތުން ދިވެހިރާއްޖެއަށް ނުގޮސް ދިވެހިރާއްޖޭގެ އިހުސާސް ތުރުކީގެ ބޮޑްރަމުން ވެސް މިހާރު ކުރެވޭނެއެވެ.
ދިވެހިރާއްޖެއަށް ގޮސް ބޮޑު ހަރަދު ކުރުމުގެ ބަދަލުގައި ދުވާލަކަށް 65 ޑޮލަރުގެ ރޭޓުން ތުރުކީގައި ހުރެވޭނެކަމަށް ވެސް ބައެއް ނޫސްތަކުން ގެންދަނީ ބުނަމުންނެވެ.
.
ތުރުކީގެ ބޮޑްރަމް
ބޮޑްރަމް ރާއްޖެއަށްވުރެ ހާއްސަ ކަމަށް ބުނާ ބައެއް ކަންކަން:
އެ ސިޓީން އެއް ޒަމާނެއްގައި ދުނިޔޭގެ ހަތް އަޖައިބުގެ ތެރެއިން އެއް އަޖައިބު ކަމަށްވާ ގަދީމީ ސިޓީ ހަލިކާނަސަސް އަށް ޒިޔާރަތްކުރުމުގެ ފުރުސަތުލިބުން.
ހަނި މަގުތަކާއި ފިހާރަތަކާއި ރެސްޓޯރެންޓްތަކުން ފުރިފައިވާ ރަށެއް އިހުސާސްކުރެވުން.
ބޮޑްރަމް ބީޗް، ބިޓެޒް ބީޗް، އަދި ޔަލިކަވަކް ބީޗް ފަދަ އެތައް ގޮނޑުދޮށްތަކުގެ ތެރެއިން އެއް ގޮނޑުދޮށުގައި އަރާމުކޮށްލުމުގެ ފުރުސަތުލިބުން.
އޭޖިއަން ކަނޑުގެ ރީތި މަންޒަރުތައް ފެންނަ މައުންޓް އޮލިމްޕަސްގެ މައްޗަށް އެރުން.