ads
23 އަހަރުގެ ސުޕަ މޮޑެލް އެއް ރޭޕް ކޮށްފި
އިންޑިއާގައި 23 އަހަރުގެ ސުޕަ މޮޑެލް އެއް ރޭޕް ކޮށްފި
އުމުރުން 23 އަހަރުގެ ސުޕަ މޮޑެލް އެއް ރޭޕްކޮށް އިސްލާމްދީނަށް ބަދަލުވުމަށް ޕްރެޝަރު ކުރި ކަމަށް އިންޑިއާ ފުލުހުން ތުހުމަތުކޮށްފިއެވެ.

ހިންދޫ ދީނަށް އުޅޭ އެ އަންހެން މީހާ ތުހުމަތު ކުރި ގޮތުގައި މުސްލިމެއް ކަމަށްވާ އެ ފިރިހެން މީހާ އޭނާއާ ކައިވެނި ކުރަން ވައުދުވެ، އޭގެ ފަހުން ރޭޕް ކުރި އެވެ. އަދި އިސްލާމް ނުވެއްޖެނަމަ އޭނާ މަރާލާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށް ވެސް ވަނީ ތުހުމަތުކޮށްފަ އެވެ.

އެ އަންހެން މީހާ ފުލުހަށް މައްސަލަ ހުށަހެޅީ މަހުގެ 29 ވަނަ ދުވަހު ކަމަށާއި އިންޑިއާގެ ގާނޫނުލް އުގޫބާތުގެ 376 (ރޭޕް)، 506 (ޖިނާއީ ބިރުދެއްކުން) އަދި 34  ގެ ދަށުން މައްސަލަ ރަޖިސްޓްރީކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ. 

އެ އަންހެން މީހާގެ ވަކީލު އަބާ ސިންގް ބުނީ ފުލުހުން އެ މައްސަލަ ސީރިއަސްކޮށް ނުނަގާ ކަމަށާއި އެ މައްސަލައިގައި ދައުވާ ލިބޭ ފަރާތްތައް ހިމާޔަތް ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެ އަންހެން މީހާއަށް ތުހުމަތު ކުރެވޭ މީހާއާއި އޭނާގެ އާއިލާއިން ބިރުދައްކާފައިވާ ކަމަށް ވެސް ވަކީލު ބުންޏެވެ. 

މި މައްސަލައާ ގުޅިގެން އިންޑިއާގައި ގިނަބަޔައަންނަނީ  ނުރުހުން ފާޅުކުރަމުންނެވެ. އަންހެން މީހާއަށް އިންސާފު ހޯދައިދިނުމަށް އަންނަނީ ގޮވާލަމުންނެވެ. ނޭޝަނަލް ކޮމިޝަން ފޯ ވިމެން އިން ވަނީ އެ މައްސަލަ ސުއޯ މޮޓޫ ކޮގްނިޒަންސް ނަގައިގެން ފުލުހުންނަށް ރިޕޯޓެއް ހުށަހެޅުމަށް އެދިފަ އެވެ.

މި މައްސަލަ އަދިވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް