ads
ރޭގެ ޖަލްސާގައި ދަރިވަރަކަށް ރައީސް އިނާމް ދެއްވަނީ
ޝަރުތުހަމަވި ހުރިހާ ދަރިވަރުންނަށް ލޯނު ދޭނެ: ރައީސް
ސްޓޫޑެންޓް ލޯނަށް ހުށައެޅި ދަރިވަރުންގެ ތެރެއިން ޝަރުތުހަމަވި ހުރިހާ ދަރިވަރުންނަށް ލޯނު ދިނުމަށް ނިންމާފައިވާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

މަތީ ސާނަވީ ތައުލީމު ނިންމާ އިމްތިހާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހާސިލްކުރި ދަރިވަރުންނަށް "މަތީ އަރުތަވެރިންގެ އިނާމް" ދިނުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ރާއްޖެއާ ރާއްޖެއިން ބޭރުން މަތީ ތައުލީމާއި ތަމްރީން ހާސިލުކުރުމަށް ސަރުކާރުން ދޫކުރާ ލޯނު ދިނުމުގައިވެސް، މިއަހަރު ސަރުކާރުން ހެޔޮބަދަލުތަކެއް ގެނެސްފައިވާކަމަށެވެ. 

އެގޮތުން މިފަހަރު ސަރުކާރުން ހުޅުވައިލި ސްޓޫޑެންޓް ލޯނަށް ކުރިމަތިލި ދަރިވަރުންގެ ތެރެއިން 1225 ދަރިވަރަކު ލޯނަށް ޝަރުޠު ހަމަވާކަމަށާއި އެހުރިހާ ދަރިވަރުންނަށްވެސް ސްޓޫޑެންޓް ލޯނު ދިނުމުގެ އިތުރުން އެއްވެސް މައްސަލައެއް ދިމާވެގެން ދަރިވަރަކަށް ފުރުސަތު ގެއްލޭކަމަށް ވާނަމަ އެކަން ބަލައި އެދަރިވަރުންނަށްވެސް ލޯނު ކަށަވަރުކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

މަތީތައުލީމަށް ސަރުކާރުން ފޯރުކޮށްދޭ ފަހި ފުރުސަތުތަކުގެ އިތުރުން، ހުނަރާއި ފަންނުވެރި މަސައްކަތްތެރި ޒުވާނުން ބިނާކުރުމަށް ސަރުކާރުންކޮށްފައިވާ މަސައްކަތްތަކުގެ ދަށުން ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ފުރުސަތު ޖުމްލަ 665 ޒުވާނަކަށް މިހާތަނަށް ފަހިކޮށްދެވިފައި ވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ނިމިގެން ދިޔަ ދިރާސީ އަހަރު 2849 ދަރިވަރުން ވަނީ މަތީ ޘާނަވީ އިމްތިޙާން ފުރިހަމަކޮށްފައެވެ. އޭގެ ތެރެއިން 445 ދަރިވަރަކު ވަނީ މުޅި ރާއްޖެއިން އެންމެ ރަނގަޅު 10 ނަތީޖާ ހޯދި ދަރިވަރުންގެ ތެރޭގައި ހިމެނިފައެވެ. 

އަދި ވަކިވަކި މާއްދާތަކުން ދުނިޔޭގެ އެންމެ މޮޅު ނަތިޖާ 20 ދަރިވަރަކު ހޯދާފައިވާއިރު، 6 ދަރިވަރަކު އެކި މާއްދާތަކުން މުޅި ދުނިޔެއިން 1 ވަނަ ހޯދާފައިވެއެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް