މާލެއާއި ހުޅުމާލޭގައި ބަހުގެ ހިދުމަތް ދޭއިރު މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުންނަށް އިސްކަން ދިން ނަމަވެސް ވަކި އުސޫލުތަކެއްގެ ތެރެއިން އާންމުންނާއި ސަރުކާރު މުވައްޒަފުންނަށްވެސް ހިދުމަތް ހޯދޭނެކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.
މީގެއިތުރުން ޕްރައިވެޓް ހަޔާގެ ގޮތުގައި ބަސް ކުއްޔަށް ނެގޭނެ ކަމަށްވެސް މަލޭ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.
ޝެޑިއުލަށް ދަތުރުކުރާ ބަހުގެ މިހިދުމަތް ދިނުމަށް ހަމަޖައްސާފައިވަނީ 24 ގަޑިއިރު އެވެ.
މާލޭ ސިޓީ ކައުންސިލުން މާލެ ހުޅުމާލޭގައި ބަހުގެ ހިދުމަތް ފަށާއިރު، އެމްޓީސީސީންވެސް އަންނަނީ މާލެ ހުޅުމާލޭގައި އަދި ވިލިމާލޭގައި ބަހުގެ ހިދުމަތް ދެމުންނެވެ.
ސިޓީ ކައުންސިލުން ވިލިމާލޭގައި ދެމުން އަންނަނީ ބަގީގެ ހިދުމަތެވެ.