ads
ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް
ޕައިލެޓްކަން ކިޔަވަން 479 ދަރިވަރުންނަށް ފުރުސަތު ދެނީ
ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލި ލޯން ސްކީމަށް ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނުގެ ފުރުސަތު ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިއުލާން ކުރެއްވުމުން ޕައިލެޓްކަން ކިޔަވަން ކުރިމަތިލި 479 ދަރިވަރުންނަށް ފުރުސަތު ލިބިއްޖެ އެވެ.
Advertisement

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ ޕައިލެޓްކަން ކިޔެވުމަށް ލޯނަށް އެދުނު ދަރިވަރުންގެ ތެރެއިން 479 ދަރިވަރުން ޝަރުތު ހަމަވެފައިވާތީ އެ ދަރިވަރުންނަށް އެ ފުރުސަތު ލިބޭނެ ކަމަށެވެ. 

ޕައިލެޓްކަން ކިޔެވުމަށް ޝައުގުވެރިވާ 479 ދަރިވަރުންނަށް ލޯނު ދޭން ނިންމާފައިވާއިރު މީގެ ތެރޭގައި ކުރިން ސްޓޫޑެންޓް ލޯން ނަގާފައި ދަރިވަރުންގެ ތެރެއިން ޓޮޕްއަޕް ލޯނުގެ ގޮތުގައި 24 ދަރިވަރަކަށް ލޯނު ދިނުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލި ލޯނު ފުރުސަތަށް 1،507 ދަރިވަރުން ކުރިމަތިލާފައިވާއިރު މިނިސްޓްރީން ކުރި އިއުލާންގައި ވަނީ 720 ދަރިވަރުންނަށް ލޯން ދޭ ގޮތަށެވެ.

ނަމަވެސް ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯންގެ އެހީ ދޭނެ ކަމަށް ރައީސް ސޯލިހް ވަނީ ރޭ އިއުލާން ކުރައްވާފަ އެވެ. 

ޑރ. އިބްރާހިމް ހަސަން ވިދާޅުވީ މިއަދު އިއުލާން ކުރާނީ ލޯނު ލިބޭ ދަރިވަރުންގެ ވަގުތީ ލިސްޓް ކަމަށެވެ. މި ލިސްޓް މިއަދު އެ މިނިސްޓްރީގެ ވެބްސައިޓުގައި އާންމު ކުރާނެކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. 

ވަގުތީ ލިސްޓް އާންމު ކުރުމުން ލޯނަށް ޝަރުތުހަމަ ނުވާ ދަރިވަރުންނަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިގެން ދާނެ ކަމަށްވެސް ޑރ. އިބްރާހިމް ވިދާޅުވި އެވެ. 

ސްޓޫޑެންޓް ލޯނަށް ޝަރުތު ހަމަވާ ދަރިވަރުންގެ ދާއިމީ ލިސްޓް އާންމު ކުރާނީ މިމަހުގެ 22 ވަނަ ދުވަހު ކަމަށާއި ލިސްޓް ފެންނަން ހުންނާނީ މިނިސްޓްރީގެ ޕޯޓަލްއިން ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. 

މިއަހަރު ދޫކުރުމަށް ހަމަޖެހިފައިވާ ލޯނު ސްކީމުގައި ޕީއެޗްޑީ ހެދުމަށް 26 ދަރިވަރުން ޝަރުތުހަމަވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް