ads
ރާއްޖޭގެ ރަށަކަށް ޒިޔާރަތްކުރި ފަތުރުވެރިންތަކަކަށް މަރުހަބާ ކިޔަނީ - ފޮޓޯ:ރާއްޖެއެމްވީ
ފުރަތަމަ ފަސް މަސް ނިމުނުއިރު ފަތުރުވެރިންގެ އަދަދު އަށް ލައްކައިން މައްޗަށް
މި އަހަރުގެ ފުރަތަމަ ފަސް މަސް ނިމުމުގެ ކުރިން ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު އަށްލައްކައަށް ވުރެ މައްޗަށް އަރައިފިއެވެ.
Advertisement

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން:

  • މިދިޔަ އަންގާރަ ދުވަހުގެ ނިޔަލަށް 805،303 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވޭ
  • މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު، 15.1 އިންސައްތައިގެ އިތުރުވުމެއް
  • މިދިޔަ އަހަރުގެ މެއި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އައިސްފައިވަނީ 699،483 ފަތުރުވެރިން
  • 2021 ވަނަ އަހަރުގެ އެ މުއްދަތުގައި އައީ 453،188 ފަތުރުވެރިން

ތަފާސް ހިސާބުތައް ދައްކާގޮތުން ނިމިދިޔަ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް 117،018 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ. ކުރީ އަހަރާ އަޅާބަލާއިރު އެއީ 4.6 އިންސައްތައިގެ ދަށްވުމެކެވެ.

އަހަރުގެ މިހާތަނަށް އެވްރެޖުކޮށް ދުވާލަކު 5،369 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރެއެވެ. މި މުއްދަތުގައި އައި ފަތުރުވެރިން އެވްރެޖްކޮށް 7.8 ދުވަސް ރާއްޖޭގައި ހޭދަކޮށްފައިވެއެވެ.

އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވާ ގައުމުތަކަކީ:

  • ރަޝިއާ - 93،630 ފަތުރުވެރިން (ޖުމްލަ ފަތުރުވެރިންގެ 11.6 އިންސައްތަ)
  • އިންޑިއާ - 93،246 ފަތުރުވެރިން (ޖުމްލަ ފަތުރުވެރިންގެ 11.6 އިންސައްތަ)
  • އިނގިރޭސިވިލާތް - 73،105 ފަތުރުވެރިން (ޖުމްލަ ފަތުރުވެރިންގެ 9.1 އިންސައްތަ)
  • އިޓަލީ - 60،281 ފަތުރުވެރިން (ޖުމްލަ ފަތުރުވެރިންގެ 7.5 އިންސައްތަ)
  • ޖަރުމަނުވިލާތް - 59،850 ފަތުރުވެރިން (ޖުމްލަ ފަތުރުވެރިންގެ 7.4 އިންސައްތަ)

މި ގައުމުތަކުގެ އިތުރުން ދެން އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ ޗައިނާ، އެމެރިކާ، ފްރާންސް، ސްވިޒަލޭންޑް އަދި ސައުތް ކޮރެއާއިންނެވެެ.

ރާއްޖޭގައި ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް 1،244 ތަނެއް ދަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި 170 ރިސޯޓާއި 13 ހޮޓަލާއި 901 ގެސްޓްހައުސްގެ އިތުރުން 160 ސަފާރީ ހިމެނެއެވެ. މި ތަންތަނުން ޖުމްލަ 60،830 އެނދު އޮޕަރޭޓްކުރެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް