ads
ފިއްލަދޫގައި ރޯވި ގެ ފޮޓޯ އެމްއެންޑީއެފް
ހިތާމަވެރި، ނުރައްކާތެރި އެތައް ހާދިސާތަކާއެކު ނިންމާލަން ޖެހޭ ދުވަހެއް!
މިއަދަކީ ރާއްޖޭގެ ތިން ދިމާލަކުން ހިތާމަވެރި ތިން ހާދިސާއެއް ހިނގި ދުވަހެކެވެ. އައްޑޫ ސިޓީގައި މަސްތުގެ ދަންތުރާގައި ޖެހި އާއިލީގުޅުން، ހިނދުކޮޅެއްގެ ތެރޭ ކެނޑި، ބިންމައްޗަށް އޮހޮރުނު ލެއާއެކު ވީ މަރެވެ. ރ. މަޑުއްވަރީ 13 މިލިޔަން ރުފިޔާގެ ބޯޓަކަށް ރާޅެއް އަރައި ކަނޑަށް އަޑިއަށް ދިއުމެވެ. އެއަށްފަހު އާއިލާއެއްގެ 7 މީހުންގެ ގެދޮރު ނެތިވެ ބިކަ ކޮށްލި، ބޮޑު ގެއެއް ބިމާ ހަމަކޮށްލި އަލިފާނުގެ ހާދިސާއެވެ.
Advertisement

ވަޅިން ހަމަލާ ދީ އޭނާގެ ބޭބެ މަރާލި މައްސަލާގައި ހައްޔަރު ކޮށްފައިވަނީ އުމުރުން އެންމެ 25 އަހަރުގެ ޒުވާނެކެވެ. މަސްތުވާ ތަކެތީގެ މައްސަލައެއްގެ އަރާރުމުގައި މިދުނިޔެއާ ވަކިވެ ދިޔައީ އުމުރުން 27 އަހަރުގެ ޒުވާނެކެވެ. 

މި ދިވެހި މުޖުތަމައު މިއަދު އޮތް ހާލަތު ކިތަންމެ ރަނގަޅަކަށްވެސް މިއަދު މިދަނީ ލޯ ކުރިމަތިން ފެންނަމުންނެވެ. އަޅާ ނުލެވި ދޫކޮށްލެވިފައިވާ މަސްތުވާތަކެތީގެ "މުޖުތަމައުގައި" ފައިސާއަށްޓަކައި ލޭ އޮހޮރުވަމުން އެދަނީ އާއިލާގެ އެކަކު އަނެކަކެވެ. 

your imageބޭބެ މަރާލި މަވާޒު

އިހުމާލުގެ ވާހަކަ ދައްކާކަށްނެތީމެވެ. އެކަމަކު އިހުމާލުތައް އެދަނީ އެންމެންގެ ލޮލަށް ފެންނަމުން ސިފަވަމުންނެވެ. 

އައްޑޫ ސިޓީ ކައުންސިލްގެ ބޭފުޅަކު ވިދާޅުވީ ވަޅިހެރި މީހާ ޖަލުން ދޫކޮށްލިތާ އަދި ވާނީ ހައެއްކަ އަށެއްކަ މަސް ކަމަށެވެ. 

"އިންތިހާއަށް އައްޑޫގައި އެބައޮތް މަސްތުވާ ތަކެތީގެ ކަންތައްތައް. ފަރުވާ ދޭ ތަންތައް ވެސް ހަދަމުންދަނީ" - ސިޓީ ކައުންސިލް އޮފިޝަލް

އައްޑޫގައި ރޭ ހިނގި މި ހާދިސާއާ ގުޅިގެން ބޭބެ ގަޔަށް ތޫނު އެއްޗެއް ހަރައި މަރައިލީ، މަސްތުވާތަކެތީގެ މައްސަލައެއްގައި އުފެދުނު ދެބަސްވުމެއްގެ ތެރެއިންނެވެ.

އަނިޔާވި 27 އަހަރުގެ އަޙްމަދު ޝުއައިބަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް ވަނީ މަރުވެފައެވެ. މިއަދު ހިނގި އަނެއް ހާދިސާއަކީ އަލިފާން ރޯވެ، ގެއެއް ބިމާ ހަމަވި ހާދިސާއެވެ.

އާބާދީ މަދު ރަށްރަށުގައި އަލިފާން ނިއްވުމަށް މާބޮޑު ސަމާލުކަމެއް ދެވިފައެވެ ނުވެއެވެ. ރޭ މެންދަމު ހއ. ފިއްލަދޫގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި, އެރަށު ހިތަށްފިނިވާގޭގައި ދިރިނޫޅޭވަރަށް ވަނީ ގެއްލުން ލިބިފައެވެ. 

your imageރޭގެ އަލިފާނުގެ ހާދިސާގައި އަދާ ހުލިވި ގެ

ކަރަންޓު ޝޯޓެއްވެ ހިނގި މިހާދިސާ ހިނގާފައިވަނީ ރޭ މެންދަމު އެކެއް ޖަހާއެހާކަށްހާއިރުއެވެ. އަލިފާން ނިއްވާލާފައިވަނީ ރަށުގެ ރައްޔިތުންނާއި ކައުންސިލުން ކުރި މަސައްކަތުންނެވެ.

މި ހާދިސާގައި އެގޭގައި މީހުންނަށް ދިރިނޫޅެވޭ ވަރަށް އަނދާފައި ވާއިރު, ގޭގައި ހުރި ހުރިހާ ތަކެއްޗެއް ވަނީ އަނދާ ހުިވެފައެވެ. އެގޮތުން އެގޭގެ މީހުންގެ އައިޑީކާޑާއި ޕާސްޕޯޓާއި, ކޭޝް ކާޑު އަދި ކުދިންގެ ވެކްސިން ކާޑާއި ސްކޫލަށް ގެންދާތަކެތި ވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ. 

އެގޭގައި ދިރިއުޅެމުންދިޔަ އުމުރުން ދުވަސްވީ ދެމަފިރިންނާއި, ދެ އަންހެނުންނާއި, ތިން ކުޑަކުދިންނެވެ. އަލިފާނުގެ ހާދިސާއަށްފަހު މި އާއިލާއަށް މިހާރު ވަނީ ފިއްލަދޫ ގެއަކުން ވަގުތީ ހިޔާ ހަމަޖައްސާފަ އެވެ.

ފިއްލަދޫ ކައުންސިލުން ބުނީ އަލިފާނުގެ ހާދިސާގައި އެގެއަށް ލިބުނު ގެއްލުން ވަޒަން ކުރުމަށާއި, އާއިލާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީއާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. 

ކައުންސިލުން ބުނީ އެއާއިލާއަށޤ އެހީތެރިކަން ފޯރުކޮށްދިނުމަށޤ ފަންޑު ފޮއްޓެއްވެސް ހުޅުވާފައިވާ ކަމަށެވެ.

ކަނޑުގެ ސަރަހައްދު ބޮޑު ރާއްޖެއަކީ ކަނޑުމަތީގެ ގިނަ ހާދިސާތަކެއް ހިނގަމުން އަންނަ ގައުމެކެވެ. ރާއްޖޭގައި މިފަދަ ބޮޑެތި އެތައް ހާދިސާއެއް ހިނގާފައިވާއިރު މިއަދަކީވެސް އެފަދަ އެއް ދުވަހެވެ. 

މުދާ ބަރުކޮށްގެން ދަނިކޮށް ރޭ ފަތިހު ދިޔަވެ އަޑިއަށް ދިޔަ "އާލާ" ބޯޓަކީ 13 މިލިއަން ރުފިޔާގެ އުޅަނދެކެވެ. އަޑިއަށް ދިޔައީ ގިނަ ބައެއްގެ މުދަލާއެކުއެވެ. 

your imageއަޑިއަށް ދިޔަ ބޯޓު

އިންޝޫރެންސްވެސް ނުކޮށޤ އޮތް އެބޯޓަކީ ކުރިން މަހަށް ދުއްވަން ބަނދެފައިވާ އުޅަނދެކެވެ. ފަހުން އެ އުޅަނދު ބޯޓަކަށް ބަދަލު ކުރީ މަހަށް ދާނެ މީހުން  ނުވެގެން ކަމަށޤ ވެރިފަރާތުން ބުނެފައި ވެއެވެ. 

ރާޅެއް އަރައިގެން އިންޛީނުގެއާ ހަމައަށް ރާޅު ގޮސް ދިޔަވާން ފެށި އެބޯޓުގައި ޖުމްލަ 15 މީހުން ދިޔައީ ދަތުރު ކުރަމުންނެވެ. މީހުން ސަލާމަތް ކުރެވުނު ނަމަވެސް އެއްވެސް މުދަލެއް ސަލާމަތެއް ނުކުރެވެއެވެ.

މީގެ 13 އަހަރު ކުރިން ބަނދެފައިވާ އެބޯޓު މަސް އޮޑިއަކަށް ބަދަލުކުރީ މީގެ 5 އަހަރު ކުރިންނެވެ. މަސްއޮޑިފަހަރު ބޯޓަށޤ ބަދަލު ކރުމަކީވެސް ރާއްޖޭގައި އެފަދަ މަސައްކަތް ކުރާ ބަެއް މީހުން ކުރާ ކަމެކެވެ. އެހެންނަމަވެސް މަސްއޮޑިއެއްގެ ބައްޓަމާއި، ކިއްސަރާއި އަދި އެހެނިހެން ކަންކަމަކީ ވަރަށޤ ތަފާތު ކޮށް ހުންނަ ކަންކަމެވެ. 

އެތައް ބައެއްގެ މުދާ ހިފައިގެން ދަތުރު ކުރި އެބޯޓު އިންޝުއާ ކޮށްފައި ނުވުމުގެ ސަބަބުން މީހުންގެ މުދަލަށާއި ބޯޓުގެ ވެރިފަރާތަށްވެސް އެލިބުނީ ފޫ ނުބެދޭ ވަރުގެ ގެއްލުމެކެވެ. 

އިހާދިސާ ތަކަކީ އިބްރަތް ތެކެވެ. އިހުމާލު ވުން ހިމެނޭ ކަންކަމެވެ. އެއްބައި ހާލަތުގައި ފަރުދީ އިހުމާލެވެ. އަނެއްބައި ހާލަތުގައި ޖަމާއަތުގެ އިހުމާލެވެ. އަހުމާލުގެ އިންތިހާއެވެ.

15%
ކަމުގޮސްފި
69%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
15%
ވަރަށް ސަލާމް
ކޮމެންޓްސް