ads
ގައިދީންގެ ފެއާ ހުޅުވައިދެއްވުމަށްފަހު ނައިބު ރައީސް ފެއާ ބައްލަވާލައްވަނީ. -- ފޮޓޯ: ކަރެކްޝަނަލް ސާވިސް
ގައިދީންގެ ހުނަރު ދައްކާލާ ފެއާ ހުޅުވައިފި
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ “އިންމޭޓްސް ކްރިއޭޓިވިޓީ ފެއަރ 2023” މިއަދު ރައިބު ރައީސް ފައިސަލް ނަސީމް ހުޅުއްވާ ދެއްވައިފި އެވެ.

މި ފެއާ ކުރިއަށް ދާނީ މާފުށި ސްކޫލުގައި މިއަދާއި މާދަމާ އެވެ. މިއީ މި ފެއާ ކުރިއަށް ގެންދާ އަށްވަނަ ފަހަރެވެ. 

ގައިދީންގެ ފެއާ ހުޅުވުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސްގެ އިތުރުން ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނާއި ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރާއި ކޮމިޝަނަ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ. 

އެމްސީއެސްއިން މައުލޫމާތުދޭ ގޮތުގައި މި ފެއާގައި 40 އަށް ވުރެ ގިނަ ގައިދީންގެ މަސައްކަތްތައް ހިމަނާފައިވާނެ ކަމަށެވެ. އޭގެތެރޭގައި އަތްތެރި މަސައްކަތުން ތައްޔާރުކޮށްފައިވާ 800 އުފެއްދުމާއި ކުރެހުންތަކާއި 2،400 ގަސްގަހާގެއްސާއި ތަރުކާރީގެ ބާވަތްތައް ހިމެނެ އެވެ. 

ފެއާ ހުޅުވައިދެއްވުމަށްފަހު ނައިބު ރައީސް ފައިސަލް ވަނީ ފެއާގެ އުފެއްދުންތައް ބައްލަވާލައްވާފަ އެވެ. 

އެމްސީއެސްއިން ބުނީ މިފަދަ ރިހެބިލިޓޭޝަން ޕްރޮގްރާމްތަކުގެ އެއް އަމާޒަކީ ގައިދީން އިސްލާހުކޮށް ޖަލުން ނިކުމެ މުޖުތަމައުގައި ދިރިއުޅޭއިރު އާމްދަނީ ލިބޭނެ ފަދަ މަސައްކަތެއް ދަސްކޮށްދިނުން ކަމަށެވެ. 

މިއަހަރު މި ބާއްވާ ގައިދީންގެ ފެއާ އަކީ ކޮވިޑް19 އަށް މެދުކަނޑާލުމަށްފަހު ފަހު ބާއްވާ ފުރަތަމަ ފެއާ އެވެ. އޭގެ ކުރިން މި ފެއާ ވަނީ ސިލްސިލާގޮތެއްގައި ބާއްވާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް