މިއީ ކުޅިވަރު ވަސީލަތްތައް ގާއިމުކުރެއްވުމަށް ކުރިއަށްގެންދަވާ ޕްރޮޖެކްޓްގެ ތެރެއިން ހިންގާ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓްގެ ދަށުން އިނގުރައިދޫ އާއި ދޮންފަނުގެ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރު ކުރާނީ އާރްކޭއެލް ގްރޫޕުންނެވެ.
ޕްރޮޖެކްޓްގެ އެއްބަސްވުމުގައި ކުޅިވަރު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އަހުމަދު މުހައްމަދެވެ. އާރްކޭއެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ އޮޕަރޭޝަންސް މުހައްމަދު މޫސާފުޅެވެ.
މި އެއްބަސްވުންތަކުގެ ދަށުން އިނގުރައިދޫ އަދި ދޮންފަނު ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަސައްކަތް އާރްކޭލްއާ ހަވާލުކުރެއްވީ މަސައްކަތް ފަށާތާ، 60 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށެވެ. މިއިން ކޮންމެ މި މަޝްރޫއަކީ ކުޅިވަރާ ބެހޭ ވުޒާރާގެ ބަޖެޓުން ދެ މިލިޔަން ރުފިޔާއަށްވުރެ ބޮޑު އެއްޗެއް ހަރަދުކޮށްގެން ކުރިއަށްގެންދަން ނިންމާފައިވާ މަޝްރޫއެކެވެ.