ads
'އުލުދާގް ހަވީރު' ގައި 'އުލުދާގް' ގެ ފަސް އުފެއްދުމެއްގެ ރަހަތައް ހިލޭ ބަލާލުމުގެ ފުރުސަތު ލިބޭނެ - ފޮޓޯ:އުލުދާގް
'އުލުދާގް ހަވީރު' މާދަމާ ހަވީރު 4 އިން 6 އަށް އާޓިފިޝަލް ބީޗް ސަރަހައްދުގައި
މާލޭ ވޯޓަ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ ދަށުން ހިންގަމުން އަންނަ އައިލެންޑް ބެވަރެޖަސް މޯލްޑިވްސް (އައިބީއެމް) އިން މިފަހުން ބާޒާރަށް ނެރުނު 'އުލުދާގް' ބުއިންތަކުގެ ރަހަތައް ދައްކާލުމުގެ ގޮތުން ހާއްސަ ހަރަކާތެއް މާދަމާ ހަވީރު ބޭއްވުމަށް ނިންމައިފިއެވެ.

އައިބީއެމްއިން ބުނެފައިވާ ގޮތުގައި 'އުލުދާގް ހަވީރު' ގެ ނަމުގައި ބާއްވާ މި ހަރަކާތް ކުރިއަށް ގެންދާނީ މިއުޒިކާއި މަޖާ ގޭމުތަކަކާ އެކުގައި ކަމުގައެވެ. އެ ހަރަކާތުގައި ފޮޓޯ ބޫތެއްގެ އިތުރުން 'އުލުދާގް' ގެ ފަސް އުފެއްދުމެއްގެ ރަހަތައް ހިލޭ ބަލާލުމުގެ ފުރުސަތު ލިބޭނެ ކަމަށް އައިބީއެމްއިން ބުނެއެވެ.

'އުލުދާގް ހަވީރު' ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 4:00 އިން ފެށިގެން 6:00 އަށް އާޓިފިޝަލް ބީޗް ސަރަހައްދުގައެވެ.

އައިބީއެމްއިން ބާޒާރަށް ނެރެ ވިއްކަމުން ދަނީ 'އުލުދާގް ފްރުޓީ ސީމެކްސް' ސްޕާކްލިން މިނަރަލް ވޯޓާގެ ބާވަތްތަކާއި 'އުލުދާގް ލެޖެންޑްރީ ގަޒޯޒް' ސްޕާކްލިން ސޮފްޓް ޑްރިންކްސްގެ އުފެއްދުންތަކެވެ. އަދި 'އުލުދާގް ލެޖެންޑްރީ ގަޒޯޒް' އާއި 'ލެޖެންޑްރީ ގަޒޯޒް' ގެ އިތުރުން 'ލެޖެންޑްރީ ގަޒޯޒް އޮރެންޖް' ވެސް ވަނީ ބާޒާރަށް ނެރެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް