
އަލް ނަސްރުން، އަލުން ޔޫރަށް ރޮނާލްޑޯ ބަދަލުވާން އުޅޭ ކަމުގެ އަޑުތައް ގަދަވީ، ސައުދީ އޮނަޝިޕެއްގެ ދަށުގައި މިހާރު އޮތް ނިއުނާސްލްއިން އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވުމާއެކުއެވެ. ނިއުކާސްލްގެ އޯނާޝިޕާ އަލްނަސްރުގެ އޯނާޝިޕާ ގުޅުން ބޮޑެވެ.
ނިއުކާސްލް ޗެމްޕިއަންސް ލީގަށް ކޮލިފައިވެއްޖެނަމަ ރޮނާލްޑޯ ނިއުކާސްލްއަށް ބަދަލުވާނެ މާއްދާއެއް އަލްނަސްރާ ރޮނާލްޑޯއާ ހެދި އެގްރީމެންޓްގައި އޮންނަ ކަމަށްވެސް ކުރިން އަޑު ފެތުރެނެވެ. އެކަމަކު ރޮނާލްޑޯވަނީ އޭނާ ކްލަބު ބަދަލު ކުރަން ނުޅޭ ކަމަށް ބުނެފައެވެ.
ދުނިޔޭގެ އެންމެ އަގުބޮޑު އެތްލީޓުގެ ގޮތުގައި ރޮނާލްޑޯ ސައުދީ އަރަބިއްޔާއަށް ބަދަލުވީ ޖަނަވަރީގައެވެ. ސައުދީގައި ރޮނާލްޑޯއަށް އޭނާގެ ހުނަރު އެންމެ މަތީ ފެންވަރުގައި ދެއްކުމަށް ހުރަސްތަކެއް ކުރިމަތިވެ، އޭނާގެ ކްލަބަށް މި ސީޒަން ނިމުނީ ނާކާމިޔާބު ސީޒަނެއްގެ ގޮތުގައެވެ. ލީގުގެ ޗެމްޕިއަންކަން ނުލިބުނުއިރު، ކަޕުންވެސް ކެޓީ ފައިނަލަށް ނުގޮހެވެ.