ads
މަރަދޫފޭދޫ
ބޭބެގެ މަރުގެ މައްސަލާގައި ކޮއްކޮ ޝަރީއަތް ނިމެންދެން ބަންދުކޮށްފި
އައްޑޫ ސިޓީގައި އިއްޔެ ރޭ ތޫނު އެއްޗަކުން ހަމަލާދީ މީހަކު މަރާލި މައްސަލާގައި މަރުވި މީހާގެ ކޮއްކޮ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފި އެވެ.

މަރަދޫ-ފޭދޫގައި އިއްޔެ ރޭ 23:38 ހާއިރު ހިންގި މި މާރާމާރީގައި މަރާލާފައިވަނީ ބްލޫ ސްޓާ، އަހުމަދު ޝުއައިބް (27އ) އެވެ. 

މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ އޭނާގެ ކޮށްކޮ، ބްލޫ ސްޓާ، ހުސެއިން މަވާޒް (25އ) އެވެ. ސ. ގަން ޕޮލިސް ސްޓޭޝަނުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ. 

ފުލުހުން ބުނީ އޭނާ ހައްޔަރު ކުރުމަށް ކޯޓު އަމުރެއް ނަގާފައިވަނިކޮށް އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީ ޕޮލިސް ސްޓޭޝަނަށް ގޮސް ފުލުހުންނާއި އަމިއްލައަށް ހަވާޅު ވުމުންނެވެ. 

ޝުއައިބް މަރުވެފައި އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ. އެ ހޮސްޕިޓަލުން ބުނީ އޭނާ ހޮސްޕިޓަލަށް ގެނައި އިރުވެސް ކަރަށް ލިބުނު އަނިޔާތަކާއި ގުޅިގެން ލޭ މަނާ ނުވާ ކަމަށެވެ. އޭނާ މަރުވެފައިވަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް އިއްޔެ ރޭ 4:36 ހާއިރު އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް