ads
މާޗީނިއާކް
މާފަށް އެދުމުން، ޔޫސީއެލް ފައިނަލް އިންސާފު ކުރުމަށް މާޗީނިއާކްއަށް ފުރުސަތު ދީފި
އޭނާއަށް ކުރެވުނު ކުށަށް މާފަށް އެދުމުން ޝިމޯން މާޗީނިއާކްއަށް ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު އިންސާފު ކުރުމުގެ ފުރުސަތު ދީފިއެވެ.

މިމަހުގެ 11 ވަނަ ދުވަހު ކުޅުމަށް ތާވަލުކުރެވިފައިވާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގެ ރެފްރީކަން ކުރުމަށް ހަމަޖެހިފައި އޮތީ މާޗީނިއާކްއެވެ. ނަމަވެސް ޕޮލެންޑުގެ ސިޔާސީ ޕާޓީއަކުން ހިންގި ހަރަކާތެއްގައި އޭނާ ބައިވެރިވުމާއެކު ޔުއެފާއިން ވަނީ އެމައްސަލަ ބަލަން ފަށާފައެވެ. 

މިކަމާއި ގުޅިގެން މާޗީނިއާކް ބުނީ އެހަރަކާތުގައި އޭނާ ބައިވެރިވިއިރު އެއީ ސިޔާސީ ހަރަކާތެއްކަން އޭނާއަށް ނޭންގޭ ކަމަށެވެ. އަދި އެއީ ސިޔާސީ ހަރަކާތެއްކަން އެނގޭނަމަ އޭނާ އެހަރަކާތުގައި ބައިވެރިނުވާނެކަން ފާހަގަކޮށް މާޗީނިއާކް ވަނީ މާފަށް އެދިފައެވެ. 

މި މައްސަލަ ބެލުމަށްފަހު ޔުއެފާއިން ވަނީ މާޗީނިއާކް މާފަށް އެދިފައިވާތި އޭނާއަށް ފައިނަލް މެޗުގެ ރެފްރީކަން ކުރުމުގެ ފުރުސަތު ބަންދު ނުކުރުމަށް ނިންމާފައެވެ. އަދި މިފަދަ ކަމެއް ތަކުރާރު ނުކުރުމަށް ޔުއެފާއިން ވަނި އޭނާއަށް އިންޒާރު ދީފައެވެ.

އުމުރުން 42 އަހަރުގެ މާޗީނިއާކްއަކީ މިދިޔަ އަހަރު ގަތަރުގައި ކުޅުނު ފީފާ ވޯލްޑް ކަޕްގެ ފައިނަލް މެޗުވެސް އިންސާފުކުރި ރެފްރީއެވެ.

ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގައި އިންޓަ މިލާނާއި މެންޗެސްޓާ ސިޓީ ބައްދަލުކުރާ މެޗު އޮންނާނީ މިމަހުގެ 11 ވަނަ ދުވަހުގެރޭ ރާއްޖެ ގަޑިން ދަންވަރު 12 ޖަހާއިރުއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް