
ބޯޓްގައި އަލިފާން ރޯވެފައި
ރަސްގެތީމަށް ދަތުރުކުރި ބޯޓެއްގައި ރޯވެ އަނދާހުލި ވެއްޖެ
02 ޖޫން 2023 - 20:23:06
މާލެއިން ފުރައިގެން ރ ރަސްގެތީމަށް ދަތުރުކުރި ބޯޓެއްގައި ރޯވެ މިރޭ އަނދާހުލިވެއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ މާލެއިން ފުރައިގެން ރ ރަސްގެތީމަށް ދަތުރުކުރި "ހޮރައިޒިއާ 2" ނަމަކަށް ކިޔާ ބޯޓެއްގެ އިންޖީނު ރޫމްގައި އަލިފާން ރޯވެ ބޯޓްގައި ރޯވެފައިވާ ކަމަށެވެ.
މި ބޯޓްގައި އަލިފާން ރޯވެފައި ވަނީ ބ. އަތޮޅު ފޯ ސީޒަން ރިސޯޓް (ލަނޑާ ގިރާވަރު) އުތުރުން 3.04 ނޯޓިކަލް މޭލު ބޭރުންކަމަށާއި މިހާދިސާގެ ރިޕޯޓް ލިބިފައި ވަނީ މިރޭ 19:16 ހާއިރު ކަމަށް އެެމްއެންޑީއެފުން ބުނެއެވެ.
މި ބޯޓުން ދަތުރުކުރި 10 މީހުން މިހާރު ވަނީ ފޯ ސީޒަން ރިސޯޓްގެ ލޯންޗަކަށް ނަގާފައިކަމަށާއި ބ.އޭދަފުށީ ސީއެމްބިއުލާންސާއި ޅ.މާފިލާފުށިން ކޯސްޓްގާޑް ހާބަރ ކްރާފްޓް ލޯންޗް މިހާރު ދަނީ އެސަރަހަށްދަށް ދަތުރުކުރަމުންކަމަށް އެމްއެންޑީއެފުން ބުނެއެވެ.
މި ބޯޓްގައި އަނދާ ހުލިވެފައިވާއިރު ރ އަތޮޅަށް ދަތުރުކުރި އާލާ ނަމަކަށް ކިޔާ ބޯޓެއް އިއްޔެވަނީ ބ އަތޮޅަށް އަޑިއަށް ގޮސްފައެވެ.
0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް