
ކަރެކްޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ފަހަކަށް އައިސް އެ އިދާރާގެ އޮފިސަރުންނާއި މުވައްޒަފުންގެ މައުލޫމާތާއި ފޮޓޯ ސޯޝަލް މީޑިއާގައި އާންމުކުރަމުން ގެންދާކަމަށެވެ.
އެގޮތަށް މުވައްޒަފުންގެ ފޮޓޮއާއި މައުލޫމާތު އާއްމުކޮށް ސައްހަ ނޫން ތުހުމަތާ އެކު ބަދުނާމުކުރާ ފަދަ އިބާރާތްތައް ބޭނުންކޮށް ބިރުދައްކައި އިންޒާރު ދެމުން ގެންދާކަމަށްވެސް ބަޔާނުގައި ބުނެފައި ވެއެވެ.
އަދި އެކަމުގެ ސަބަބުން އޮފިސަރުންނާއި މުވައްޒަފުންގެ ގާނޫނީ މަސްއޫލިއްޔަތު އަދާކުރުމަށް ކުރާ މަސައްކަތާ މެދު އާންމުންގެ މެދުގައި ނަފުރަތު އުފެދޭކަމަށާއި އޮފިސަރުންނާއި މުވައްޒަފުންނަށް ނުރައްކާތެރިކަން އިހުސާސް ކުރެވޭކަމަށްވެސް ކަރެކްޝަންގެ ބަޔާނުގައި ވެއެވެ.
އެހެން ކަމުން އެކަން އެގޮތަށް ނުކުރުމަށް އިލްތިމާސްކުރާކަމަށާއި އެގޮތަށް ކަންތައް ކުރާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެކަމަށްވެސް ކެރެކްޝަންސް ބަޔާނުގައި ބުނެފައި ވެއެވެ.