އިންޓަމިޔާމީގެ ކޯޗު ކަމުން، ބެކަމްއާ އެކު ގިނަ ދުވަސްތަކެއް ކުޅުނު، އަދި ބެކަމްގެ ގާތް އެކުވެރިޔާ ނެވިލް ވަކިކުރީ ކްލަބުގެ ނަތީޖާ ދަށްވުމުންނެވެ.
މިދިޔަ ހަފްތާގައި ނިއުޔޯކް ރެޑް ބުލްސް އަތުން އިންޓަމިޔާމީ ބަލިވި މެޗާއެކު އެޓީމުން މިވަނީ އެންމެ ފަހުން ކުޅުނު 13 މެޗްގެ ތެރެއިން 10 މެޗުން ބަލިވެފައެވެ.
ބެކަމްއާ އެކު މެންޗެސްޓަ ޔުނައިޓެޑަށް ގިނަ ދުވަސްތަކެއްވަންދެން ކުޅެ އަދި ބޮޑެތި ކާމިޔާބީތަކެއް ހޯދި، މިހާރު އުމުރުން 46 އަހަރުގެ ނެވީލް އިންޓަރ މައޭމީގެ ކޯޗް ކަމުގެ މަގާމަށް އައްޔަން ކޮށްފައިވަނީ 2021 ވަނަ އަހަރުއެވެ. މިދިޔަ ސީޒަންގައި އެޓީމް ވަނީ އެމްއެލްއެސް ކަޕް ޕްލޭ އޮފްސްއިން ނެވިލްގެ އިރުޝާދާއެކު ޖާގަހޯދާފައެވެ.