
ރިޕޯޓްތައް ބުނާ ގޮތުން އުމުރުން 37 އަހަރުގެ މޮޑްރިޗަށް ސައުދީ ކްލަބަކުންވަނީ ތިން އަހަރުގެ ކޮންޓްރެކްޓެއް ހުށަހަޅާފައެވެ. މި ކޮންޓްރެކްޓްގެ އަގު 120 މިލިއަން ޕައުންޑަށްވުރެ ބޮޑު ކަމަށް ރިޕޯޓްތައް ބުނެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މޮޑްރިޗްގެ ވިސްނުން ހުރީ މި ހުށަހެޅުމަށް ދީލާލައި، ސައުދީ އަރަބިއްޔާއަށް ބަދަލުވާށެވެ. ވަކިން ހާއްސަކޮށް އޭނާގެ އުމުރު މިހާރު ދޮށިވެފައި ހުރުމުން، ގައުމީ ޓީމާ އަދި ރިއާލް މެޑްރިޑުގައި އެންމެ މަތީ ފެންވަރުގައި ހިފެހެއްޓުމަށް ގޮންޖެހުންތަކެއް ހުންނާނެ ކަމަށް ގަބޫލު ކުރެވޭތީ އޭނާހެ ވިސްނުން ހުރީ ސައުދީ އަރަބިއްޔާއަށް ބަދަލުވުމަށެވެ.
ސައުދީން އަންނަނީ ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ ކުޅުންތެރިންނަށް މިހާރު ބޮޑެތި ހުށަހެޅުންތައް ހުށަހަޅަމުންނެވެ. ދުނިޔޭގެ ރެކޯޑް އަގަކަށް ޕޯޗުގަލްގެ ކްރިސްޓިއަނޯ ރޮނާލްޑޯ ސައުދީއަށް ގެންގޮސްފައިވާއިރު، މެސީއަށްވެސްވަނީ ރެކޯޑް އަގެއް ހުށަހަޅާފައެވެ. އަދި ފްރާންސްގެ ބެންޒެމާވެސް ހިމެނެނީ ސައުދީން ބޮޑު އޮފާއެއް ހުށަހަޅާފައިވާ ލިސްޓުގައެވެ.