ads
އެމް އެސް ދޯނީ
ދޯނީގެ ކަކުލުގެ އޮޕަރޭޝަން ކާމިޔާބު
އައިޕީއެލްގެ ޗެމްޕިއަންކަން ހޯދިތާ ހަފްތާއެއްވެސް ނުވަނީސް، ޗެންނާއި ސުޕަ ކިންގްސްގެ ތަރި އެމްއެސް ދޯނީގެ ކަކުލުގެ އޮޕަރޭޝަނެއް ކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ދޯނީގެ ކަކުލުގެ އޮޕަރޭޝަން ކާމިޔާބުކަމާއެކު ނިންމާލީ މިއަދު މުމްބާއީގެ ހޮސްޕިޓަލެއްގައެވެ. އުމުރުން 41 އަހަރުގެ ދޯނީ، މިދިޔަ ހަފްތާގައި އައިޕީއެލްގެ ތަށި ހޯދިއިރުވެސް އެ މުބާރާތުގައި ކުޅުނީ ކަކުލަށް ލިބިފައިވާ އަނިޔާއަކާއެކުއެވެ.

ޗެންނާއީ ސުޕަ ކިންގްސްއިން ބުނި ގޮތުގައި ދޯނީގެ އޮޕަރޭޝަން ކާމިޔާބެވެ. ދެ ދުވަހެއްގެ ތެރޭގައި ދޯނީ ހޮސްޕިޓަލުން ދޫކޮށްލާނެ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. 

ގުޖުރާތު ޓައިޓަންސް އަތުން މޮޅުވެ ޗެންނާއީ ސުޕާ ކިންގްސް، ފަސް ވަނަ ފަހަރަށް އައިޕީއެލްގެ ތަށި މިދިޔަ ހަފްތާގައި ހޯދިއިރު، ފައިނަލް މެޗުގައިވެސް ދޯނީ ކުޅުނެވެ. އެހެންނަމަވެސް ދޯނީވަނީ އެ ދުވަހު ފުރަތަމަ ބޯޅައިން ނުބައިވެފައެވެ. ދޯނީ ފުރަތަމަ ބޯޅައިން ނުބައިވިއިރު، މުބާރާތުގެ ޗެމްޕިއަންކަން ޗެންނާއީން ހޯދީ ފަހު ބޯޅައިންނެވެ.

އެ މުބާރާތަށް ފަހު ދޯނީ ކުޅުން ހުއްޓާލާނެ ކަމަށް ކުރިން ބެލެވުނު ނަމަވެސް މުބާރާތުގެ ފައިނަލް މެޗަށް ފަހު ދޯނީވަނީ އަދި ކުޅުން ހުއްޓާނުލާނެ ކަން އިއުލާންކޮށްފައެވެ.

ދެ ވޯލްޑްކަޕް ކާމިޔާބުކޮށްފައިވާ ދޯނީއަކީ އިންޑިޔާގެ އެންމެ ކާމިޔާބު ކެޕްޓަނެވެ. ދޯނީވަނީ 2020 ވަނަ އަހަރު އިންޓަނޭޝަނަލް ކްރިކެޓުން ރިޓަޔަކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް