ads
މިރޭގެ ޖަލްސާގައި ނާޒިމް ވާހަކަ ދައްކަވަނީ
ކަނޑުން ބައެއް ގެއްލުނީ ރައީސްގެ އިހުމާލުން، ދައުވާ ކުރާނަން: ނާޒިމް
ޗާގޯސް މައްސަލާގައި އިޓްލޮސްއިން ނިންމި ނިންމުމުގެ ސަބަބުން ރާއްޖޭގެ ކަނޑުން ބައެއް ގެއްލިފައިވާކަމަށާއި ކަނޑުން ބައެއް ގެއްލުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިހުމާލުންކަމަށް ރާއްޖޭގެ ކުރީގެ ޑިފެންސް މިނިސްޓަރު އަދި މޯލްޑިވްސް ނޭޝަނަލް ޕާޓީގެ، ރައީސް މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމަވާފައިވާ ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރުކަންވެސް ކުރައްވާ ނާޒިމް މިހެން ވިދާޅުވީ ޗާގޯސް މައްސަލާގައި އިދިކޮޅު ކޯލިޝަނުން މިރޭ ކާނިވަލުގައި ބޭއްވި ޖަލްސާގެ ދެއްކެވި ވާހަކަފުޅުގައެވެ.

ނާޒިމް ވިދާޅުވީ ރައީސްގެ އިހުމާލުގެ ސަބަބުން ރާއްޖެއިން ބައެއް ގެއްލިއްޖެކަމަށާއި އެބައި ހޯދަންޖެހޭކަމަށާއި އަދި ވެރިކަމުގައި ހުރުމުގެ ހައްގު ރައީސް ސޯލިހަށް މިހާރު ލިބިގެންވެސް ނުވާކަމަށެވެ.

ނާޒިމް ވިދާޅުވީ ޗާގޯސް މައްސަލާގައި ރާއްޖެއަށް ސްވިޒަލޭންޑްވަރުގެ ސަރަހައްދެއް ގެއްލިފައިވާކަމަށާއި އެއީ ގައުމަށް ލިބޭ ވަރަށް ބޮޑު ދެރައެއް ކަމަށެވެ. އެއީ ރައީސް ސޯލިހާ ދެކޮޅަށް ދައުވާކުރަން ޖެހޭކަމެއްކަމަށާއި އެކަން ކުރާނެކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ރައީސް ސޯލިހްގެ އިހުމާލުން ގައުމުން ބައެއް ގެއްލިގެން ގޮސްފައިވާއިރު، އެއީ މިސަރުކާރު ބަދަލުކުރަންޖެހޭ ސަބަބެއް ކަމަށެވެ. އަދި މިމަސައްކަތް ނިންމާލާނީ ރައީސް ސޯލިހުގެ ވެރިކަން ނިމުމަކަށް ގެނެސްފައިކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

މިއީ ފެއިލްވާނެ އެންމެ ބޮޑަކަށް ފެއިލްވެފައި އޮތް ސަރުކާރެއްކަމަށާއި މި ވެރިކަން ބަދަލުކުރަން ފަސްޖެހިގެންވެސް ނުވާނެކަމަށް ނާޒިމް މިރޭ ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް