ads
ވިލާއިން މުއައްޒަފުންގެ މުސާރަ ކުޑަ ކުރަނީ
ކޮވިޑް-19 އާއި ގުޅިގެން ވިލާގެ މުއައްޒަފުންގެ މުސާރަ ކުޑަ ކުރަން ނިންމައިފި އެވެ.
Advertisement

ވިލާ ކުންފުނިން ނެރެފައިވާ ބަޔާނެއް ގައި ބުނެފައިވަނީ، އެ ކުންފުންޏަށް އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ރިސޯޓް ތަކުން ކަމަށާއި، ކޮވިޑް-19 އާއި ގުޅިގެން ރިސޯޓްތަކަށް އަންނަ ފަތުރުވެރިން މަދުވެ ލިބޭ އާމްދަނީ ދަށަށް ދަމުން އަންނާތީ މުއައްޒަފުންގެ މުސާރަ ކުޑަ ކުރަން ނިންމާފައިވާ ކަމަށެވެ.

މި ގޮތަށް މުވައްޒަފުންގެ މުސާރަ ކުޑަ ކުރުމަށް ނިންމީ، ކުންފުނީގެ އާމްދަނީ ދަށްވުމުގެ ސަބަބުން މުއައްޒަފުން ވަޒީފާއިން ވަކި ކޮށްފިނަމަ އެ މީހުންނަށް ލިބޭނެ ގެއްލުން މާ ބޮޑުވާނެތީ ކަމަށާއި އެކަމަކު ހާލަތު ބަދަލުވާ ވަރު ބެލުމަށްފަހު މުސާރައަށް ބަދަލު އަންނާނެ ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.

ވިލާ ކުންފުނިން މުވައްޒަފުންގެ މުސާރާ ކުޑަ ކުރުމަށް ނިންމާފައި ވާއިރު، އެ ކުންފުނިން މުސާރަ ކުޑަ ކުރުމަށް ނިންމާފައި ވަނީ ހަތަރު ގިންތިއަކަށް ބަހާލައިގެންނެވެ.

އެގޮތުން، 4،999 ރުފިޔާއަށް ވުރެ މަދުން މުސާރަ ލިބޭ ފަރާތްތަކުގެ މުސާރައިން 10 އިންސައްތަ ކަނޑާލުމަށް އެ ކުންފުނިން ވަނީ ނިންމާފަ އެވެ. އަދި 5،000 ރުފިޔާ އާއި 9،999 ރުފިޔާ އާއި ދެމެދު މުސާރަ ލިބޭ ފަރާތްތަކުގެ މުސާރަ އިން 20 އިންސައްތަ އުނި ކުރަން ނިންމާފައި ވާއިރު، 10،000 ރުފިޔާއާއި 49،999 ރުފިޔާ މުސާރައަށް ލިބޭ ފަރާތްތަކުގެ މުސާރައިން އުނި ކުރަން ނިންމާފައި ވަނީ 35 އިންސައްތަ އެވެ. މީގެ އިތުރުން 50،000 ވުރެ މަތީ މުސާރަ ތަކުން 50 އިންސައްތަ އުނިކުރުމަށް އެކުންފުނިން ވަނީ ނިންމާފަ އެވެ.

ވިލާ ކުންފުނީގެ މެނޭޖިންގް ޑިރެކްޓާ އިބްރާހިމް ސިޔާދު ގާސިމް ސޮއި ކުރައްވާ އެ ކުންފުނިން ނެރެފައިވާ ބަޔާނުގައިވާ ގޮތުން، އަންނަ އޭޕްރިލް މަހުން ފެށިގެން، ކުންފުނީގެ މުވައްޒަފުންގެ މުސާރަ އަށް ބަދަލުގެނެވޭނެ އެވެ.

ވިލާ ކުންފުނިން ރާއްޖޭގައި ފަސް ރިސޯޓު ހިންގަ އެވެ. އެއީ ސަން އައިލެންޑް ރިސޯޓް، ހޮލިޑޭ އައިލެންޑް ރިސޯޓް، ޕެރެޑައިސް އައިލެންޑް ރިސޯޓް، ރޯޔަލް އައިލެންޑް ރިސޯޓް އަދި ފަން އައިލެންޑް ރިސޯޓް އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
75%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް