
އަމީނީމަގު ފަހުން ތާރުއެޅި ސަރަހައްދު
އަމީނީމަގު ހަތަރު ސެގްމެންޓެއްގެ ތާރުއަޅާ ނިންމާލައިފި
03 ޖޫން 2023 - 07:52:20
އަމީނީމަގު ރަނގަޅު ފެންވަރަކަށް ހެދުމަށް ކުރަމުންދާ މަސައްކަތުގައި ސެގްމެންޓް ހަތަރަކުން ހަތަކަށް ތާރުއަޅާ ނިންމާލައިފި އެވެ.
ސެގްމެންޑް ހަތަރެއް އަދި ހަތެއް ހިމެނޭ ސަރަހައްދަނީ ސްޓްލެކޯ ހުޅަނގު ކަންމަތިން ފެށިގެން ހުޅަނގަށް ގޮސް ބަނޑޭރިކޮށީ ހުޅަނގު ކަނާ ހިސާބެވެ.
ސްޓެކްލޯ ހުޅަނގު ކަނުން ފެށިގެން އިރަށް އަމީނީމަގު ނިމޭ ހިސާބަށް މީގެކުރިން ވަނީ ތާރުއަޅާ އާއްމުކޮށް ހުޅުވާލާފައެވެ. އެ ސަރަހައްދުގައި ހިމެނޭ ތިން ސެގްމެންޓްގެ ތާރު އަޅާފައިވަނީ މަގުހެދުމުގެ މަސައްކަތް ކުރަމުންދާ އާރުޑީސީން އެމްޓީސީސީއާ ހަވާލުކޮށްގެނެވެ.
ނަމަވެސް ސެގްމެންޓް ހަތަރަކުން ހަތަކަށް ތާރުއަޅާފައިވަނީ އާރުޑީސީން އަމިއްލައަށެވެ.
އެ ސަރަހައްދުގައި ތާރު އަޅާ ނިންމާލާފައިވާއިރު އާރުޑީސީން ބުނީ އެސަރަހައްދު އާއްމުކޮށް ހުޅުވާލާނީ ޓްރެފިކް ނިޝާންތައް ކުރަހާ ނިމުމުން ކަމަށެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް