ads
ޑްރޯންއެއް
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން ޑްރޯން ބޭނުންކުރަނީ
ދިވެހިރާއްޖެއާއި، އަވަށްޓެރި ބައެއް ގައުމުތަކަށް މަސްތުވާތަކެތި އެތެރެކުރަން ޑްރޯން ބޭނުންކުރަން ފަށައިފައިވާކަމަށް، އިޑިއާގެ ކަމާބެހޭ އިދާރާތަކާ ހަވާލާދީ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.
Advertisement

މިގޮތުން "ޑެކަން ހެރަލްޑްގައި" ވާ ރިޕޯޓެއްގައި ބުނާގޮތުން ފާއިތުވި އަހަރުތަކުގައި އިންޑިއާގައި މަސްތުވާތަކެތީގެ ވިޔަފާރި އިތުރުވެފައިވާއިރު، އެގައުމު ވަނީ މަސްތުވާތަކެތީގެ ބޮޑު ޓްރާންސިޓް ޕޮއިންޓަކަށް ވެފައެވެ. މަސްތުވާތަކެތި އެތެރެކުރުމުގެ މަސައްކަތް ކުރަމުންދަނީ ކަނޑު ބޯޓުފަހަރާއި ޑްރޯން ފަދަ ތަކެތި ބޭނުންކޮށްގެނެވެ. 

"ކަނޑު ބޯޓުފަހަރުން ވަކި ހިސާބަކަށް ގައުމުތަކާ ގާތްވެ ޑްރޯންގެ އެހީގައި މަސްތުވާތަކެތި އެ ގައުމުތަކަށް ވައްދާ،" ރިޕޯޓުގައި ބުނެފައިވެއެވެ.

އިންޑިއާއަށް މަސްތުވާތަކެތި އެތެރެކުރުމަށް ވެސް ޑްރޯން ބޭނުން ކުރަމުން އަންނަ ކަމަށް ވެއެވެ. ޑްރޯން އަކީ ބޯޑަރުތަކުގެ މަތިން މަސްތުވާތަކެތި އުދުހުމަށް ބޭނުންކުރެވޭ ކުދި، އިންސާނުން ނެތް މަތިންދާބޯޓުތަކެކެވެ. އެ އުކުޅުން މަސްތުވާތަކެތި އެތެރެކުރާއިރު ޑްރޯންތައް ދެނެގަނެ ހުއްޓުވަން ކަމާބެހޭ އިދާރާތަކަށް އުނދަގޫކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

މިގޮތުން މަސްތުވާތެކި ރާއްޖެ، އިންޑިއާ އަދި ލަންކާ ފަދަ ގައުމުތަކަށް ވެއްދުމަށް "ދުވާސް" ގެ ނަމުން ނަންދީފައިވާ ސަގާފީ އުޅަނދުތަކާއި ޑްރޯން ވެސް މިފަހަކަށް އައިސް ގިނައިން ބޭނުންކުރާކަން ވަނީ ހާމަވެފައެވެ. 

އެއީ އާންމުކޮށް ޕާކިސްތާނާއި އަފްގާނިސްތާން ފަދަ ގައުމުތަކުގައި މަސްތުވާތަކެތި ލޯޑްކޮށްފައި، އޭގެ ފަހުން އިންޑިއާއަށް ދަތުރުކުރާ ބޯޓުތަކެކެވެ.  އެއަށްފަހު މަސްތުވާތަކެތި ރާއްޖޭއާއި ލަންކާ ފަދަ ގައުމުތަކަށް އެތެރެކުރެއެވެ. 

މަސްތުވާތަކެތީގެ ވިޔަފާރި އިތުރުވުމަކީ އިންޑިއާގެ ކަމާބެހޭ ފަރާތްތަކުގެ ބޮޑު ކަންބޮޑުވުމެކެވެ. އިންޑިއާއަށް އެތެރެކުރަމުންދާ މަސްތުވާތަކެއްޗަކީ ގިނަ ފަހަރަށް ވަރަށް ބޮޑަށް އެޑިކްޓްވާ މަސްތުވާތަކެއްޗާއި އެގައުމުގެ ޒުވާނުންނަށް ބޮޑެތި އަސަރުތަކެއް ކޮށްފާނެ އެއްޗެކެވެ. މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށް ކަމާބެހޭ ފަރާތްތަކުން މަސައްކަތް ކުރަމުން އަންނަ ނަމަވެސް އެއީ އުނދަގޫ މަސައްކަތެކެވެ.

އިންޑިއާގައި އެންމެ ގިނައިން ޓްރެފިކް ކުރެވޭ މަސްތުވާތަކެއްޗަކީ ހެރޮއިން، ކޮކެއިން، އަދި މެތަމްފެޓަމިން އެވެ.

20%
ކަމުގޮސްފި
80%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް