
ރިޕޯޓްތައް ބުނާގޮތުން ރޭ ހިނގި މި އެކްސިޑެންޓްގައި މަރުވި މީހުންގެ އަދަދު މިހާރު 290 އަށް ވުރެ މައްޗަށް ގޮސްފައިވާއިރު 900 އާއި ގާތްކުރާ އަދަދަކަށް މީހުން ވަނީ ޒަހަމްވެފައެވެ.
ޒަހަމްވި މީހުންގެ ތެރެއިން ބައެއް މީހުނަށް ބޮޑެތި އަނިޔާތަކެއް ވެފައިވާއިރު މީހުން ސަލާމަތް ކުރުމަށް މަސައްކަތް ކުރަމުން ދިޔަވަރަކަށް މަރުވެފައިވާ މީހުންގެ ހަށިތައް ފެންނަމުންދާތީ އެކްސިޑެންޓްގައި މަރުވި މީހުންގެ އަދަދު އަދިވެސް މައްޗަށް ދާނެކަމަށް ބެލެވެއެވެ.
ފާއިތުވި ވިއްސަކަށް އަހަރުގެ ތެރޭގައި އިންޑިއަގައި ހިނގި އެންމެ ނުރައްކަތެރި އެކްސިޑެންޑް ހިނގަމުން މެދުވެރިވި ސަބަބު ހޯދުމަށް މިހާރުދަނީ މަސައްކަތް ކުރަމުންނެވެ.
އިންޑިއަން ރެއިލްވޭ ފުލުހުންނާއި ރެސްކިއު ޓީމްތަކުން މީހުން ސަލާމަތް ކުރުމަށް މަސައްކަތް ކުރަމުންދާއިރު 200 ވަރަކަށް ޑޮކްޓަރުންނާއި ނަރުހުން ވަނީ މިހާދިސާގައި އަނިޔާވެފައިވާ މީހުނަށް ފަރުވާ ދިނުމަށް ހާއްސަކޮށްފައެވެ.
ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 13 މިލިއަން މީހުން ރެއިލްގައި ދަރުތުކުރާކަމަށް އިންޑިއަން ރެއިލްވޭއިން ބުނެއެވެ.