ads
ކުއީންސް އޮންލައިން ޗެސް ފެސްޓިވަލް
ކުއީންސް ޗެސް ފެސްޓިވަލްގައި ބައިވެރިވުމަށް ހުޅުވާލައިފި
ދުނިޔޭގެ ހުރިހާ ކަންކޮޅުތަކުން ކުޅުންތެރިންނަށް ބައިވެރިވެވޭ ގޮތަށް ކުރިއަށް ގެންދާ ކުއީންސް ޗެސް ފެސްޓިވަލުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ދުނިޔޭގެ ޗެސްގެ މައި އިދާރާ ފީޑޭގެ، ކޮމިޝަން ފޯ ވިމެންސް ޗެސްއިން އިންތިޒާމުކުރާ މި ފެސްޓިވަލަކީ ހުރިހާ އުމުރުފުރާއެއްގެ އަންހެނުންނަށް ބައިވެރިވެވޭ ގޮތަށް ކުރިއަށް ގެންދާ ފެސްޓިވަލެކެވެ. މި ފެސްޓިވަލުގައި ހުރިހާ ރޭންކް ގްރޫޕެއްގެ ކުޅުންތެރިންނާއި ރޭންކް ނުކުރާ ކުޅުންތެރިންނަށްވެސް ބައިވެރިވެވޭނެއެވެ. 

ފެސްޓިވަލް ކުރިއަށް ގެންދަނީ ދެ މުބާރާތަކަށް ބަހާލައިގެންނެވެ. ކުއީންސް ވިމެން އޯޕަން ޓޯނަމެންޓުގައި ބައިވެރިވެވޭނީ ފީޑޭގައި ރަޖިސްޓަރ ވެފައިވާ ރޭޓެޑް ކުޅުންތެރިންނަށެވެ. ރޭޓު ނުކުރާ ކުޅުންތެރިން ވާދަކުރަން ޖެހޭނީ އަންރޭޓެޑް ޕްރިންސެސް ޓޯނަމެންޓުގައެވެ. 

ކުއީންސް ވިމެން އޯޕަން ޓޯނަމެންޓް އަދި އަންރޭޓެޑް ޕްރިންސެސް ޓޯނަމެންޓުގެ ވަނަތައް ހާސިލްކުރާ ފަރާތްތަކަށް، މިއަންނަ އަހަރު އޮންނަ 45 ވަނަ ވޯލްޑް ޗެސް އޮލިމްޕިއާޑަށް ދިއުމަށް ދައުވަތު ދެވޭނެއެވެ. މިކަމަށްދާ ހުރިހާ ހަރަދެއް ބަލަހައްޓާނީ ފީޑޭއިންނެވެ. މި ފެސްޓިވަލުގެ ވަނަތަކަށް ހޮވޭ ފަރާތްތަކަށް އިނާމުދިނުން އޮންނާނީ ޗެސް އޮލިމްޕިއާޑް ހުޅުވުމުގެ ރަސްމިއްޔާތުގައެވެ. 

އޮންލައިންކޮށް ކުރިއަށް ގެންދާ މި މުބާރާތުގައި ބައިވެރިވުމަށް ފީއެއް ނުނަގާނެއެވެ. މުބާރާތް ކުރިއަށް ދާނީ މިއަންނަ ޖުލައި މަހުގެ ދެވަނަ ދުވަހުން ފެށިގެން 16 ގެ ނިޔަލަށެވެ. މިއީ މި މުބާރާތް ބާއްވާ ތިންވަނަ ފަހަރެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް