
މޫސުން ގޯސް ދުވަހެއްގައި ފެރީ ދަތުރުކުރަނީ-- ފޮޓޯ: ވީނިއުސް
ސަމާލުވޭ: ކަނޑު ގަދަވާނެ އުދަ އަރާނެ
03 ޖޫން 2023 - 14:18:15
ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުމް ގޯސްވާނެކަމަށާއި ކަނޑުގަދަވެ ބޮޑު ދިޔާގައި އުދައެރުން އެކަށީގެންވާކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
މެޓް އޮފީހުން ބުނީ ށ އަތޮޅުން ފެށިގެން ގދ އަތޮޅަށް މޫސުން ގޯސްވާނެ ކަމަށާއި އާއްމުގޮތެއްގައި ގަޑިއަކު 19 މޭލާއި 24 މޭލަށް ވައި ގަދަވާނެ ކަމަށެވެ. އަދި ވިލާގަނޑުގައި 40 މޭލަށް ވައި ގަދަވާނެކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.
މީގެއިތުރު ރާޅުގެ އުސްމިން ހަތަރު ފޫޓާއި ހަތް ފޫޓަށް އުފުލޭނެކަމަށާއި ބޮޑު ދިޔާގައި ބައެއް ސަރަހައްދުތަކަށް އުދަ އެރުން އެކަށީގެންވާކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.
މި ދުވަސްވަރަކީ ހުޅަނގު މޫސުމުގެ ވިއްސާރަވެސް ކުރަމުންދާ ދުވަސްވަރަކަށް ވާއިރު، ކަނޑުމަތީގެ ހާދިސާތައް ގާތް ގާތުގައި ދަނީ ކުރިމަތިވަމުންނެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް