
ފުލުހުން ބުނީ މަޖީދީމަގު ޑައިނަމޯ ސަރަހައްދުގައި ރޭ 23:25 އެހާއިރު ހިންގަން އުޅުނު މަރާމާރީ ހުއްޓުވީ ހައި ވިސިބަލިޓީ ފުލުހުންގެ ޓީމަކުން ކަމަށެވެ. މިމައްސަލާގައި 25 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާއިރު، ބައެއް މީހުން ފިލާފައިވާކަމަށް ފުލުހުން ބުނެއެވެ.
އަދި އެސަރަހައްދުން ފިލި މީހުން ފިލާފައިވަނީ އެމީހުން ދުއްވި ދެ ސައިކަލު އެސަރަހައްދަށް ދޫކޮށްލާފައިކަމަށާއި ދެ ސައިކަލު ޓޯކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.
ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި މާރާމާރީ ހިންގަން މަސައްކަތްކުރި މީހުން ގެންގުޅުނު ކަތިވަޅިފަދަ ތަކެތިވެސް އެމީހުން ވަނީ މަގުމައްޗަށް ދޫކޮށްލާފައެވެ.
ފުލުހުން ބުނީ ރޭ ހިންގަން އުޅުނު މާރާމާރީއާއި ގުޅިގެން ފިލި މީހުން ހޯދުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށާއި ހައްޔަރުކުރި މީހާގެ ބަންދަށް ކޯޓުން 15 ދުވަސް ދީފައިވާ ކަމަށެވެ.