
ބްރިޖްމަތީ ކާރެއްގައި ރޯވެފައި
ބްރިޖްގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައިފި
03 ޖޫން 2023 - 16:41:56
ސިނަމާލެ ބްރިޖްގައި މިއަދު ހަވީރު ކާރެއްގައި ރޯވެ ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
އާއްމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ރޯވެފައިވަނީ ރަތް ކުލައިގެ ކަރެއްގެ ކުރީކޮޅުގައެވެ.
ބެލެވޭ ގޮތުގައި ރޯވި ކާރު ދަތުރު ކުރަމުން ދިޔައީ ބުރިޖްމަތިން މާލެ އައުމަށެވެ.
ރޯވެފައިވާ ކާރުން އަލިފާން ނިއްވާލުމަށް އެސަރަހައްދުގައި އޮތް ބަހެއްގައި ހުރި އަލިފާން ނިއްވާ ފުޅި ބޭނުންކޮށްގެން މަސައްކަތް ކުރި ނަމަވެސް އަލިފާން ނިއްވާލެވިފައެއް ނުވެއެވެ.
ވަރަށް ބޮޑަށް ކާރުގައި ރޯވެފައި ވުމުން ދުންގަނޑު ބޯވެ މުޅި ސަރަހައްދުގެ ޓްރެފިކްވެސް ތޮއްޖެހިފައިވާ މަންޒަރު ފެނެއެވެ.
މި ހާދިސާއާއި ގުޅިގެން ކަމާބެހޭ އެއްވެސް އިދާރާއެއްގެ ބަހެއް އަދި ލިބޭގޮތެއް ނުވެއެވެ.
0%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް