
ރިޕޯޓްތައް ބުނާ ގޮތުގައި މެގުއާ ޗެލްސީއަށް ހުށަހެޅީ، ޗެލްސީގެ މޭސަން މައުންޓް ޔުނައިޓެޑަށް ގެނައުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިންނެވެ. ޗެލްސީގެ އާ ކޯޗުގެ ލިސްޓުގައި މައުންޓް ނުހިމެނޭއިރު އޭނާ ވިއްކާލުމަށް ޗެލްސީން ބޭނުންވާކަން އޭނާއަށް އެނގެއެވެ.
ޗެލްސީން މައުންޓް ހޯދުމަށް ޔުނައިޓެޑުން ކުރަމުންދާ މަސައްކަތަށް މަގު ފަހި ކުރުމަށް މެގުއާ ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނާއިރު، މެންޗެސްޓާ ޔުނައިޓެޑުގައި މެގުއާ ހުންނާނެތޯ ނުވަތަ ނޫންތޯ ނިންމާނީ އަމިއްލައަށް ކަމަށް ބުނެ، އެ ފުރުސަތު ކެޕްޓަން ހެރީ މެގުއާއަށް ކޯޗު ދީފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
އިނގިރޭސި ގައުމީ ޓީމުގެ މުހިއްމު ޑިފެންޑަރު ހެރީ މެގުއާއަށް ޔުނައިޓެޑުގެ ޓީމުން މި ސީޒަނުގައި ފުރުސަތު ލިބެމުން އައީ މަދުންނެވެ. ސީޒަންގައި ބާކީ ދެން ޔުނައިޓެޑަށް އެންމެ މެޗެއް އޮތް އިތު، ފުރަތަމަ 11 ގައި ހިމެނިގެން މެގުއާ ކުޅުނީ އެންމެ 16 މެޗެވެ. އެހެންކަމުން މި ސީޒަން ނިމުމަށް ފަހު މެގުއާ ދޫކޮށްލާނެ ކަމަށް ބެލެވިފައި އޮތް ނަމަވެސް ކޯޗު ބުނީ ގޮތް ނިންމާނީ މެގުއާ އަމިއްލައަށް ކަމަށެވެ.
އުމުރުން 30 އަހަރުގެ ޑިފެންޑަރު މެގުއާއަށް ފުރުސަތު ގެއްލެން ފެށީ ފްރާންސްގެ ވަރާން އަދި އާޖެންޓީނާގެ މާޓީނޭޒް ޓީމާ ގުޅުމަށް ފަހު މޮޅު ކުޅުމެއް ދައްކަން ފެށިއިރު، މެގުއާ އަތުން ފީކަޅާ އެތައް ގޯހެއް ހެދުމުންނެވެ.
80 މިލިއަން ޕައުންޑްގެ އަގަކަށް ޔުނައިޓެޑުން މެގުއާ ގަތީ 2019 ވަނަ އަހަރު ލެސްޓާ ސިޓީންނެވެ. އޭނާ ޔުނައިޓެޑާއެކު ހަދާފައިވާ ކޮންޓްރެކްޓްގެ މުއްދަތު ހަމަވާނީ 2025 ވަނަ އަހަރުގެ ނިޔަލަށެވެ.