ads
އުކުޅަހުން ބޭރުކުރި ސަފާރީ އަނެއްކާ އުކުޅަހު ބޭރުގައި ބަނދަރުކޮށްފި
ރާ ވިއްކި ކަމަށް ތުހުމަތު ކުރެވޭ ސަފާރީ އުކުޅަހު ބަނދަރަށް ގާތްކުރި ކަމަށް ދައްކާ ވާހަކަ އަކީ ބަޔަކު ދައްކާ ދޮގު ވާހަކައެއް ކަމަށާއި، އެ ސަފާރީ އޮތީ އުކުޅަހު ބޭރުގައި ކަނޑުގައި ކަމަށް އުކުޅަހު ކައުންސިލުން ބުނެފިއެވެ.

މިދިޔަ މަހު ދޭއްގައި މަރާމާތަށް ކަމަށް ބުނެ އެރަށުގެ ބަނދަށް ވެއްދި ސަފާރީން ރާވިއްކި ކަމަށް ވަނީ ތުހުމަތު ކޮށްފައެވެ.

އުކުޅަހު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ވަހީދު ވިދާޅުވީ ރޭ އެ ސަފާރީ އޮތީ ރަށުން ބޭރުގައި ކަމަށާއި ބަޔަކު މީހުން އެގޮތަށް ވާހަކަ ދައްކަނީ އެ ސަފާރީ އެރަށު ބަނދަރަށް ވަދެދާނެތީ ކަމަށެވެ. 

އެވާހަކަ އެގޮތަށް ދައްކަނީ މިރަށުގެ ފަޅަށް އެސަފާރީ ވައްދަފާނެ ކަމަށް. މިރަށަކަށް ނުވަދޭ އެސަފާރީ- އެސްޖީ

"ޒެޑް ކުރޫޒް" ނަމަކަށް ކިޔާ މިސަފާރީ ކުރިން އެރަށު ފަޅަށް ވައްދާފައިވަނީ ކައުންސިލްގެ ހުއްދަނެތިއެވެ. އެފަހަރު ބަނގުރާ ވިއްކާ ކަމަށް ތުހުމަތު ކުރެވިގެން ސަފާރީ އެރަށުން ނެރެފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.

ބައެއްފަރާތްތަކުން ބުނީ މޫސުން ގޯސްވެގެން ކަމަށްބުނެ، އެ ސަފާރީ އޮތީ އެރަށުގެ އިހްތިސޯސް ހިނގާ ސަރަހައްދުގައި ކަމަށާއި، ބަނދަރާ ކައިރީގައި ކަމަށެވެ. އެހެންނަމަވެސް ވަހީދު ވިދާޅުވީ އެ ސަފާރީ ބަނދަރާ ކައިރި ނުކުރާ ކަމަށާއި އެ ސަފާރީ އޮތީ ދިގުކޮށް އިންނަ އެރަށުގެ އެއް ކޮޅުގައި ކަމަށެވެ. 

މޫސުން ކޮންމެވެސް ވަރަކަށް ގޯސް ކޮށް އުޅެނީ. އެހެންވެ ވައި ނިވަލުގައި ރަށުގެ އަނެއް ކޮޅުގައި އޮތީ- ވަހީދު


މޭމަހު ކުރީ ކޮޅު އެ ސަފާރީން ރާ ވިއްކި މައްސަލައާ ގުޅިގެން އެސްއޯ ފުލުހުންވެސް ވަނީ އެރަށަށް ގޮސްފައެވެ. މޭމަހު 14 ވަނަދުވަހު ކޯޓުން އަމުރު ކޮށްފައިވަނީ އުކުޅަހުގެ އިހްތިސާސްގައި ހިމެނޭ ސަރަހައްދުން ސަފާރީ ބޭރު ކުރުމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް