ads
އައްޑޫގައި ރައީސް މިއަދު ވާހަކަފުޅު ދައްކަވަނީ
އައްޑޫގައި 7000 ޓްއަރިސްޓް އެނދު އޮޕަރޭޓްވެގެން ދާނެ: ރައީސް
ރާއްޖޭގެ ފަތުރުވެރިކަން 50 އަހަރު ފަހަނައަޅައިދިޔައިރު، ދިވެހި ފަތުރުވެރިކަމުގެ ފުނަށް މިހާރު މިވަނީ ބަދަލުވާން ފަށާފައިކަމަށާއި އައްޑޫގައި ކުރިއަށްދާ ތަރައްގީގެ މަޝްރޫއުތައް ނިމޭއިރު 7000 ޓްއަރިސްޓް އެނބު އޮޕަރޭޓްވެގެން ދާނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ އައްޑޫ ސިޓީގެ ބިން ހިއްކުމުގެ މަޝްރޫއު ފައްޓަވާދެއްވާ މިއަދު ދެއްކެވި ވާހަކަފުޅުގައި އައްޑޫގެ ޓްއަރިޒަމްގެ ކުރިމަގަ ގުޅޭގޮތުން ދެއްކެވި ވާހަކަފުޅު ގައެވެ.

"ރިއަލް އެސްޓޭޓް އަދި އިންޓަރގްރޭޓެޑް ޓޫރިޒަމަކީ ފަތުރުވެރިކަން، ތިޔަބޭފުޅުންގެ ގޭގެ ދޮރުގައި ޓަކިޖަހާނެ ސަބަބު، ހަންކެޑެއަކީ ރައްޔިތުންނަށް ހިއްސާވެވޭ މިބާވަތުގެ ފަތުރުވެރިކަމަށް އެންމެ އެކަށޭނަ އައްޑޫ ސިޓީގެ ސަރަހައްދު" - ރައީސް ސޯލިހް

ރައީސް ވިދާޅުވީ އެ މަގުން ޓޫރިޒަމްގެ ނަފާ، އައްޑޫ ސިޓީގެ ރައްޔިތުންނަށް ފަހިވާންޖެހޭނެކަމަށާއު އެކި ފަންތީގެ ފަތުރުވެރި ވަސީލަތްތަކަށް ފަހިވާގޮތަށް، ހަންކެޑެ ފަރުމާކޮށް ތަރައްގީ ކުރާނީ، މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑުން ކަމަށެވެ.

your imageހެރެތެރެ ތަރައްގީކުރާގޮތުގެ ކުރެހުމެއް

އެއީ، އިންޓަރގްރޭޓެޑް ރިޒޯޓް، ސިޓީ ހޮޓާ، ގެސްޓްހައުސް އަދި ވޯޓަރ ވިލާ އެކުލެވޭނެ ވަށާޖެހޭ ޕްރޮޖެކްޓެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހަންކެޑެ މަޝްރޫއުގެ ތެރެއިން އައްޑޫ ސިޓީގެ އެހެން ރަށްތަކަށް، ޖުމްލަ 600 ޓޫރިސްޓް އެނދު އިތުރުވާނެކަމަށާއި މިއީ ޖުމްލަ 2682 އެނދު އިތުރުވެގެންދާނެ މަޝްރޫއެއް ކަަމަށެވެ.

އަދި މިހާރު ޕްރޮޖެކްޓް ކުރެވިފައިވާ ތަފާތު މަޝްރޫއުތައް ނިމޭއިރު، ޖުމްލަ 7000 ޓޫރިސްޓް އެނދު އައްޑޫސިޓީގައި އޮޕަރޭޓް ވެގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރަށް، އެސް.ޑީ.އެފް.ސީ.ގެ ފަރާތުން އަމިއްލަ ފަރާތްތަކުގެ ގެސްޓްހައުސްތައް އިމާރާތްކޮށް ނިންމައިދޭ ކޮންޓްރެކްޓަރު ފައިނޭންސް މޮޑެލް އައްޑޫއަށް އަންނާނެކަމަށާއި އައްޑޫގެ އެކި ރަށްރަށުން ފަތުރުވެރިކަމަށް ދޫކޮށްފައިވާ ބިންތައް، އެ ތަންތަން ދިގު މުއްދަތަށް ނަގާފައިވާ ފަރާތްތަކަށް ގެސްޓްހައުސް އަޅައި ނިންމައިދެވޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އަދި އެއީ ދިގު މުއްދަތުން އަނބުރާ ދައްކާގޮތަށް ހިންގޭ މަޝްރޫއެއްކަމަށާއި މި ދެންނެވި ގޮތަށް ދޫކުރެވިފައިވާ 73 ބިމުގެ ތެރެއިން 44 ފަރާތަކުން 58 ބިމުގައި ގެސްޓްހައުސް އިމާރާތް ކުރުމަށް އެދިފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ. މިއީ ޖުމްލަ 2870 ޓޫރިސްޓް އެނދު ހިމެނޭ މަޝްރޫއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް