
ލޮސް އެންޖެލިސްގައި އެ ދެމީހުން އެކުގައި ކެއުން ފެނިފައި ވާއިރު، ގިލްގެ މަންމަ ވެސް ލިއަނާޑޯއާއެކު ވަނީ ފެނިފައެވެ.
އެމީހުންގެ ބައްދަލުވުމުގެ ފޮޓޯތައް އިންޓަނެޓްގައި ވައިރަލްވަމުން އަންނައިރު، ގިނަ ބަޔަކު ވަނީ އެމީހުން ރައްޓެހިވެގެން އުޅޭތޯ ސުވާލު އުފައްދާފައެވެ.
އުމުރުން 14 އަހަރުން ފެށިގެން މޮޑެލިންގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ އިންޑިއާގެ ނަސްލުގެ މޮޑެލްއެއް ކަމަށްވާ ނީލަމްގެ އުމުރަކީ 28 އަހަރެވެ.
އޭނާގެ ކާފަ އާއި މާމައަކީ އިންޑިއާގެ ޕަންޖާބުގެ މީހުންނެވެ. މިއަހަރުގެ ކާންސް ފިލްމް ފެސްޓިވަލްގައި އޭނާ ބައިވެރިވެފައި ވާއިރު، ޑިކެޕްރިއޯ ވަނީ އޭނާގެ ފިލްމު "ކިލާސް އޮފް ދަ ފްލާވާ މޫން" ދެއްކުމަށް ވެސް ހާޒިރުވެފަ އެވެ.
އުމުރުން 48 އަހަރު ލިއޮނާޑޯ ޑިކެޕްރިއޯ އަކީ މީގެ ކުރިން ވެސް ގިނަ މޮޑެލްތަކަކާ ގުޅުން ބޭއްވި މީހެއް ނަމަވެސް އޭނާ ދުވަހަކުވެސް ކައިވެންޏެއް ނުކުރެ އެވެ. އޭނާ އާއި ގިލް ރަސްމީކޮށް ރައްޓެހިވެގެން އުޅޭ ކަމެއް ސާފެއް ނުވި ނަމަވެސް ދާދި ފަހުން އެ ދެމީހުންއެކުގައި ފެނުމުން މިވަނީ ޝައްކުތަކެއް އުފެދިފައެވެ.