
ފާރުވެއްޓި ލޯގަނޑު ތަޅައިގެން ގޮސްފައި
އަންހެނަކު ފެންވަރަން ހުއްޓާ ފާހާނައިގެ ފާރު ވެއްޓިއްޖެ
03 ޖޫން 2023 - 22:29:32
ސްވިޒަލޭންޑްގެ ނައިއޯންގައި އަންހެނަކު އޭނާގެ ގޭގަައި ފެންވަރަން އުޅެނިކޮށް ފާހަނައިގެ ފާރުން ބައެއް ވެއްޓިއްޖެ އެވެ.
ރިޕޯޓްތައް ބުނާގޮތުން އަންހެން މީހާ ފެންވަރަށް ވަދެ ހުއްޓާ ފާރު ވެއްޓުނު ނަމަވެސް އޭނާއަށް އެއްވެސް އަނިޔާއެއް ނުވެއެވެ. ސަބަބަކީ ފާރު ވެއްޓުނީ ފާހާނާ ބޭރަށް ވާގޮތަށް ގޭގެ ގޯތި ތެރެއަށް ކަމަށް ވާތީއެވެ.
ނަމަވެސް ފާރު ވެއްޓުނު ވަގުތު ފާރުގައި ހަރުކޮށްފައިހުރު ލޯގަނޑު (މިރާ) ތަޅައިގެން ބުރަ ބުރައިގެން ގޮސް ފާހާނާގެ އެތައް މިތަނަށް ވަނީ އެޅިފައެވެ. ނަމަވެސް އަންހެން މީހާއަށް އެކަމުންވެސް އެއްވެސް ގެއްލުމެއް ނުލިބެއެވެ.
ރިޕޯޓްތައް ބުނަގޮތުން އެ ގެއަކީ އަންހެން މީހާއާއި އޭނާގެ އާއިލާ ކުއްޔަށް ހިފައިގެން ވަރަށް ފަހުން ބަދަލުވި ވަރަށް އާ ގެއެކެވެ. އެހެންކަމުން އެ ހާދިސާ ދިމާވި ސަބަބު ބެލުމަށް މިހަރުދަނީ މަސައްކަތް ކުރަމުންނެވެ.
0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް