
ނަޑާލް
ނަޑާލް އިތުރު ފަސް މަހަށް ކުޅުމާ ދުރަށް
ސްޕޯޓްސް ޓީމް
03 ޖޫން 2023 - 23:16:18
އުނަގަނޑަށް ލިބުނު އަނިޔާއިން ރަނގަޅުވެ، ޓެނިސް ކުޅުންތެރިޔާ އަލުން އެނބުރި ކުޅުމުގެ ތެރެއަށް އަންނަން އެންމެ އަވަސްވިޔަސް އަދި އިތުރު ފަސް މަސް ދުވަސް ނަގާނެ ކަމަށް ބެލެވެން ފަށައިފިއެވެ.
ނަޑާލްގެ އުނަގަނޑަށް އަނިޔާވީ އޮސްޓްރޭލިއަން އޯޕަންގެ ދެ ވަނަ ބުރުގައި އެމެރިކާގެ މެކްކެންޒީ މެކްޑޮނާލްޑް އަތުން ބަލިވި މެޗުގައި މިދިޔަ ޖެނުއަރީ މަހުއެވެ. އޭގެ ފަހުން، އަނިޔާއަށް ފަރުވާ ހޯދުމަށް ގިނަ މަސައްކަތްތަކެއްކުރުމަށް ފަހު ހުކުރު ދުވަހުވެސްވަނީ ނަޑާލްގެ އުނަގަނޑުގެ އޮޕަރޭޝަނެއް ކޮށްފައެވެ.
ކުރިން މެޑިކަލް ރިޕޯޓްތަކާ ހަވާލާދީ ރިޕޯޓްތައް ބުނީ ދޮޅު މަސް ނުވަތަ ދެ މަސް ފަހުން އަލުން ކުޅެވޭނެ ކަމަށެވެ. އެކަމަކު ޖެނުއަރީ 18 ގެ ފަހުން ނަޑާލް އަދި މެޗަކުން ނުފެނެ އެވެ.
ނަޑާލްގެ ޓީމުން ބުނީ އަންނަ އަހަރަށް ފަހު ނަޑާލް ރިޓަޔާ ކުރާނެ ކަމަށެވެ. ނަޑާލަކީ ފްރެންޗް އޯޕަން އެންމެ ގިނަ ފަހަރު ކާމިޔާބުކޮށްފައިވާ ކުޅުންތެރިޔާއެވެ. މިދިޔަ އަހަރު ނަޑާލް ވަނީ މި މުބާރާތުގެ ޗެމްޕިއަންކަން ހޯދައި، މުބާރާތުގެ ތާރީހުގައި 14 ވަނަ ފަހަރަށް ތަށި ހޯދާފައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް