ޓިކްޓޮކްގައިވެސް އެކަކު އަނެއްކަކަށް ރައްދުދީ ޒުވާބު ކުރުމުގެ ރެކޯޑް އޮންނަ މި ދެމީހުން މިރޭ ތަޅައިގެންފައިވަނީ އޭޑީކޭ ކުރިމަތީ ސޯސަން މަގުގައެވެ.
އެވަގުތު އެތަނުގައި ގިނަ އަދަދެއްގެ މީހުން ތިބި ނަމަވެސް ދެމީހުން ހަޑިއެއްޗެހި ކިޔާ ޒުވާބުކޮށް ތަޅައިގަންނަ މަންޒަރު އާއްމުވެފައިވާ ވީޑިއޯއިން ފެނެއެވެ.
ދެމީހުންގެ މާރާމާރީ ހުއްޓުވަން އިތުރު މީހަކު މަސައްކަތް ކުރާއިރު އެކަކު ސައިކަލެއްގެ މައްޗަށް ވެއްޓޭ މަންޒަރާއި މަގުމައްޗަށް ވެއްޓޭ މަންޒަރުވެސް ފެނެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިރޭގެ މި މާރަމާރީއާ ގުޅިގެން ދެމީހުންވެސް ވަނީ މިހާރު ހައްޔަރު ކޮށްފައެވެ.