ads
ޑީކޯ ޗެމްބަރުގެ މަސައްކަތް މި މަހުގެ 15 ވަނަ ދުވަހަށް ނިމޭނެ ކަމަށް ބެލެވޭ ކަމަށް އާބަންކޯއިން ވަނީ ބުނެފައި - ފޮޓޯ:އާބަންކޯ
އާބަންކޯއިން ތިނަދޫގައި ހަދަމުން އަންނަ ޑީކޯ ޗެމްބަރު މި މަހު 15 އަށް ނިންމަނީ
އާބަންކޯއިން ގދ. ތިނަދޫގައި ހަދަމުން އަންނަ ޑީކޯ ޗެމްބަރުގެ މަސައްކަތް މި މަހުގެ 15 ވަނަ ދުވަހަށް ނިމޭނެ ކަމަށް ބެލެވޭ ކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.

އާބަންކޯއިން ބުނީ އެ ކޯޕަރޭޝަނުން ބިޔޯންޑް ހުޅުމާލެ ޕްލޭންގެ ދަށުން ތިނަދޫގައި ގާއިމުކުރަމުންދާ ޑީކޯ ޗެމްބަރުގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާ ކަމަށެވެ.

ތިނަދޫގައި ގާއިމުކުރާ މި ޑީކޯ ޗެމްބަރަކީ އެ ކޯޕަރޭޝަނުގެ ސީއެސްއާރުގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށް އާބަންކޯއިން ބުނެއެވެ. އާބަންކޯއިން ބުނީ މިދިޔަ މާޗު މަހު ފެށި މި މަސައްކަތް ނިމޭނެ ކަމަށް ބެލެވެނީ މި މަހުގެ 15 ވަނަ ދުވަހު ކަމަށެވެ.

އާބަންކޯގެ މަސައްކަތުގެ ސްކޯޕް ބޮޑުކޮށް، ހަމައެކަނި ހުޅުމާލޭގެ އިތުރަށް ރާއްޖޭގެ އެކި ހިސާބުތަކުގައި އެ ކޯޕަރޭޝަނުގެ ފަރާތުން ގޯ ބިޔޯންޑް ޕްލޭނެއްގެ ދަށުން އެކި ޕްރޮޖެކްޓުތައް ހިންގަމުންދާއިރު، މިއީ އެފަދަ މަސައްކަތެއް ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

އާބަންކޯއިން ބުނެފައިވަނީ އެ ކޯޕަރޭޝަނުގެ ސީއެސްއާރުގެ ދަށުން އާންމުންނަށް ބޭނުންވެފައިވާ މިފަދަ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތުގެ ދަށުން ތިނަދޫގައި ގާއިމުކުރާ ޑީކޯ ޗެމްބަރަކީ ރާއްޖޭގައި ގާއިމުކުރެވޭ ދެވަނަ ޑީކޯ ޗެމްބަރު ކަމަށެވެ.

your imageޑީކޯ ޗެމްބަރުގެ މަސައްކަތް މި މަހުގެ 15 ވަނަ ދުވަހަށް ނިމޭނެ ކަމަށް ބެލެވޭ ކަމަށް އާބަންކޯއިން ވަނީ ބުނެފައި - ފޮޓޯ:އާބަންކޯ

ހުވަދޫ އަތޮޅުގައި މި ޗެމްބަރު ގާއިމުކުރެވިގެންދާއިރު، ހުވަދޫ އަތޮޅަކީ ރާއްޖޭގައި އެންމެ މަސްވެރިން ގިނަ އެއް އަތޮޅު ކަމަށް އާބަންކޯއިން ބުނެއެވެ. އާބަންކޯއިން ބުނި ގޮތުގައި މަސްވެރިކަމުގައި އުޅޭއިރު، މީހުން ޑީކޯވުމުގެ ފުރުސަތު ބޮޑުއިރު، މީގެ ކުރިންވެސް އެފަދަ ހާދިސާތައް އެ ސަރަހައްދުގައި ހިނގާފައިވާ ކަމުގައެވެ. އެފަދަ ކަމެއް ދިމާވުމުން އެ ސަރަހައްދުން ފަރުވާ ހޯދޭނެ ގޮތެއް ނޯންނަ ކަމަށް އާބަންކޯއިން ބުނެއެވެ. އާބަންކޯއިން ބުނީ އެ ކޯޕަރޭޝަނުގެ ފަރާތުން ގާއިމުކޮށްދޭ ޑީކޯ ޗެމްބަރު ވެގެން ދާނީ އެ ސަރަހައްދުގެ މަސްވެރިންނަށް ލިބޭ ބޮޑު ލުއި ފަސޭހައަކަށް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް