
މިފަހަރު ތިނަދޫން ގޯއްޗަށް ހުޅުވާލީ ހަރުކަށި ޝަރުތު ތަކެއް ކަނޑައަޅައި 5 އަހަރުތެރޭ ގޯތީގައި ގެދޮރު އިމާރާތްކޮށް ނުނިންމާ ނަމަ ގޯތި ވަކިކުރާ ގޮތަށެވެ.
ކައުންސިލް ރައީސް ސައުދު އަލީ ވިދާޅުވީ މިފަހަރު ހުޅުވާލި ފުރުސަތުގައި މިހާތަނަށް 300 މީހުން އެދިފައިވީ ނަމަވެސް މިހާރު ގޯއްޗަށް އެދުމުގެ ފުރުސަތު އިތުރުކޮށްފައިވުމާއެކު އެ އަދަދު އަދި އިތުރުވާނެ ކަމަށެވެ.
ތިނަދޫން ގޯއްޗަށް ހުޅުވާލާފައިވާއިރު ތިނަދޫގައި ރޯހައުސް ހެދުމުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފަށާނެ ކަމަށް ކައުންސިލުން ބުނެއެވެ.
ރޯ ހައުސްތަކުގެ ބިންގާ އެޅުމަށްފަހު ރޯ ހައުސްއަށް އެދުމުގެ ފުރުސަތުވެސް ހުޅުވާލާނެ ކަމަށް ކައުންސިލުން ބުނެއެވެ. މި ރޯހައުސްތައް، އެ ގެތައް ލިބޭ ފަރާތްތަކުން ގެތައް ހަދަމުންދާއިރު ބެލޭނެ އިންތިޒާމް ހަމަޖެހޭނެ ކަމަށް ކައުންސިލުން ބުނެއެވެ.
ތިނަދޫގައި ހަދަން ހަމަޖެހިފައިވަނީ 200 ރޯހައުސްއެވެ.