ads
ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހިތާނީ ކޭމްޕް 2023 ގައި ބައިވެރިވުމަށް ނަން ނޯޓުކުރުމުގެ ފުރުސަތު އެ ހޮސްޕިޓަލުން ވަނީ ހުޅުވާލާފައި - ފޮޓޯ:ޓްރީ ޓޮޕް ހޮސްޕިޓަލް
ޓްރީ ޓޮޕްގެ ހިތާނީ ކޭމްޕް 2023 އަށް ނަން ނޯޓު ކުރުމުގެ ފުރުސަތު ހުޅުވާލައިފި
ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހިތާނީ ކޭމްޕް 2023 ގައި ބައިވެރިވުމަށް ނަން ނޯޓުކުރުމުގެ ފުރުސަތު އެ ހޮސްޕިޓަލުން ހުޅުވާލައިފިއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ ހިތާނީ ކޭމްޕް 2023 ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން އަންނަ އޮގަސްޓް މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. ނަން ނޯޓުކުރުމުގެ އެންމެ ފަހު ދުވަހަކީ އަންނަ މަހުގެ 25 ވަނަ ދުވަސް ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ. 

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނެފައިވަނީ އެ ހޮސްޕިޓަލުގެ މި ހިތާނީ ކޭމްޕްގައި ހަތް ޑޮކްޓަރުން ހަރަކާތްތެރިވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން މި ކޭމްޕްގައި ހަރަކާތްތެރިވާ އޮޕަރޭޝަނަށް ހާ‌އްސަ ޑޮކްޓަރުންގެ ތެރޭގައި،

  • ޑރ. ހުސެއިން ހަދިޔެވް
  • ޑރ. އުކަތަމް އަބްދުއްލާޔެވް
  • ޑރ. އަބްދުﷲ އުބައިދު‌
  • ޑރ. އިބްރާހިމް މޫމިން
  • ޑރ. މައުމޫން އާސިމް
  • ޑރ. މުހައްމަދު ޝަރީފް

މި ޑޮކްޓަރުންގެ އިތުރުން ކުޑަކަމުދާ ނިޒާމުގެ ހާއްސަ ޑޮކްޓަރ‌ު، ޑރ. މެހްމެތު އޮޑަ ވެސް ހިތާނީ ކޭމްޕްގައި ހަރަކާތްތެރިވާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނި ގޮތުގައި މި ކޭމްޕްގެ މައިގަނޑު މަގުސަދަކީ ހިދުމަތް ހޯދާ ފަރާތްތަކަށް އެންމެ ފުރަތަމަ ކޮންސަލްޓޭޝަނުން ފެށިގެން ފޮލޯ-އަޕް އާ ހަމައަށް އެންމެ ފުރިހަމަ އަދި ފަސޭހަކަމާ އެކު ހިދުމަތްތައް ފޯރުކޮށްދިނުން ކަމުގައެވެ.  

ހިތާނީ ޕެކޭޖްގެ ހިދުމަތް ހޯދާ ފަރާތްތަކުން ދައްކަން ޖެހެނީ 5،000 ރުފިޔާ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ. އެ ހޮސްޕިޓަލުން ބުނީ ކޮޓަރި އަޕްގްރޭޑް ކުރުމަށް ބޭނުންވާ ނަމަ ޕްރައިވެޓް ކޮޓަރިތަކަށް ހާއްސަ އަގުތަކެއް ހަމަޖެހިފައިވާ ކަމަށެވެ. 

ހިތާނީ ކޭމްޕްގައި ބައިވެރިވުމަށް ބޭނުންވާ ނަމަ: https://www.treetophospital.com/circumcision 

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދައިފައިވާ ޒަމާނީ ފެންވަރަށް ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އަންނަ ހޮސްޕިޓަލެކެވެ. އެގޮތުން މިހާރުވެސް އެ ހޮސްޕިޓަލުން އަންނަނީ އެންމެ ފަހުގެ ވަސީލަތްތަކާ އެކު އާ ހިދުމަތްތައް ތައާރަފުކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް