
ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި މިއަދު އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ އެގައުމުން ރާއްޖެއަށް ކަނޑައެޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު އެވެ. އަދި ފޮރިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލެވެ.
މި އެއްބަސްވުމުގެ ދަށުން މާލެ ސިޓީގައި އާޓް ސެންޓަފެއް އިމާރާތް ކުރުމާއި ޅ ހިންނަވަރުގެ ކައުންސިލް އިދާރާ އިމާރާތް ކުރުން ހިމެނެއެވެ.
މީގެއިތުރުން ލ. އަތޮޅު ތައުލީމީ މަރުކަޒު ޑިޖިޓަލައިޒް ކުރުމާއި ގދ ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ނަފްސާނީ ސިއްހަތުގެ ޔުނިޓެއް ގާއިމްކުރުންވެސް މި ޕްރޮޖެކްޓްގެ ތެރޭގައި ހިމެނެއެެވެ.
މިއަދު ވެވުނު އެއްބަސްވުމުގެ ދަށުން ނ ކެނދިކުޅުދޫއާއި ލ ގަމާއި ކުޅުދުއްފުށީ އަދި ފުވައްމުލަކު ސިޓީގެ ސްކޫލް ތަކަށް ސްކޫލް ބަސް ހޯދުންވެސް ހިމެނެއެވެ. އަދި ށ. މިލަންދޫގައި ދުވާ ޓްރެކެއް ގާއިމްކުރުން، އައްޑޫ ސިޓީ އާއި ގދ ވާދޫ އަދި ހއ. ދިއްދޫގައި އައުޓް ޑޯ ޖިމް ތަރައްގީ ކުރުން ހިމެނެއެވެ.