
ބެންޒެމާ
ބެންޒެމާ ރިއާލް ދޫކޮށްލާކަން ރަސްމީކޮށް ހާމަކޮށްފި
ސްޕޯޓްސް ޓީމް
04 ޖޫން 2023 - 16:33:49
ރެއާލް މެޑްރިޑްގެ ކެޕްޓަން، ކަރިމް ބެންޒެމާ، 14 އަހަރަށް ފަހު އެ ކްލަބް ދޫކޮށްލަން ނިންމާފައިވާކަން ރިއަލް މެޑްރިޑުން ރަސްމީކޮށް ހާމަކޮށްފިއެވެ.
ބެންޒެމާ ރިއާލް ދޫކޮށް މި ދަނީ، ސައުދީ އަރަބިއްޔާއިން ބޮޑު ހުށަހެޅުމެއް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްކޮށްފައިވަނިކޮށެވެ. އުމުރުން 35 އަހަރުގެ ބެންޒެމާ ހޯދުމަށް ސައުދީ ޓީމަކުންވަނީ 400 މިލިއަން ޔޫރޯ ހުށަހަޅާފައެވެ.
ރިޕޯޓްތައް ބުނާ ގޮތުން ބެންޒެމާ ބެންޒެމާ ދެން ބަދަލުވާނީ ސައުދީ އަރަބިއްޔާގެ ޕްރޯ ލީގުގެ ގަދަބާރު އަލް އިއްތިހާދަށެވެ.
ފްރާންސްގެ ފޯވާޑް ބެންޒެމާ ރިއާލް މެޑްރިޑަށް އައީ ލިޔޯނުން، 33 މިލިއަން ޑޮލަރުގެ ފީ އަކަށް، 2009 ވަނަ އަހަރުއެވެ. ރެއާލްގައި ހޭދަކުރި 14 އަހަރު ތެރޭ ބެންޒެމާ ވަނީ އެ ޓީމަށް ކުޅެދިން 647 މެޗުން 353 ގޯލު ޖަހައިފަ އެވެ. ބެންޒެމާ ވަނީ ރެއާލަށް ކުޅުނުއިރު ޖުމްލަ އެކު، 24 ތަށި އުފުލާލައިފަ އެވެ. އޭގެ ތެރޭގައި ފަސް ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުން ހިމެނެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް