އައްޑޫ ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ގަމުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ މުޅިރާއްޖެ ދަތުރުފަތުރުން ގުޅާލުމަށް ކުރެވޭ މަސައްކަތުގައި ބެރިޔަންފަރުގައި އެއާޕޯޓެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ.
ރ ފައިނުގައި އެއާޕޯޓެއް ތަރައްގީކޮށްފައިވާއިރު، އެ އަތޮޅު އަލިފުށީގައި އެއާޕޯޓެއް އެޅުމަށް ދަނީ މިހާރު މަސައްކަތް ކުރެވެމުންނެވެ.
ނަމަވެސް އެއަތޮޅުގެ ދެކުނު ބިތުގައި އެއާޕޯޓެއް ނެތުމުން އެ ސަރަހައްދުގެ ރަށްތަކުން އެދެމުން ދިޔައީ އެސަރަހައްދުގައިވެސް އެއާޕޯޓެއް އަޅައި ދިނުމަށެވެ. އެކަމަށް ސަރުކާރުން އެއްބަސްވި ނަމަވެސް މިހާތަނަށް އެއާޕޯޓް އަޅާނެ ރަށެއް އިއުލާނެއް ނުކުރެއެވެ.
ރައީސް ވިދާޅުވީ މުޅި ރާއއްޖެ އެއްގަމާ ކަނޑާ ވައިގެ ވިއުގަ އަކުން ގަތާލެވިގެން މެނުވީ އުފާވެރި ހަމަޖެހޭ ދިރިއުޅުމެއް ނުހޯދޭނެ ކަމަށެވެ.